ކައިވެންޏަށްފަހު ގެއަށް ދާން އުޅުނު ބައަކު ފެތި 20 މީހުން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ކައިވެންޏަށްފަހު ގެއަށް ދާން އުޅުނު ބައަކު ފެތި 20 މީހުން މަރުވެއްޖެ
ކައިވެންޏަށްފަހު ގެއަށްދާން ފެރީބޯޓެއްގައި ދަތުރުކުރަނިކޮށް ބޯޓުފެތި 20 މީހުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ މިޔަންމާގެ ޔަންގޫންގެ ކޯރެއްގައެވެ.

މިބޯޓުން 60 ފަސިންޖަރުން ދަތުރުކުރިއިރު މިއެންމެންނަކީވެސް ކައިވެނީގެ ހަފްލާއަކަށްފަހު ކޯރު ހުރަސްކުރަން އުޅުނު މީހުންނެވެ. މަރުވިމީހުންގެ ތެރޭގައި ހިމެނެނީ 16 އަންހެނުންނާއި 4 ފިރިހެނުންނެވެ.

މިހާދިސާ ހިނގަން މެދުވެރިވީ ކޯރުން ދަތުރުކުރި ދެ ބޯޓު ޖެހިގެންނެވެ. ދެ ބޯޓު ޖެހުނުއިރު ދެ ބޯޓުގައިވެސް އެއްވެސް އަލިކަމެއް ނެތިއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ގެއްލިފައިވާ 9 މީހަކު އަދިވެސް ނުފެންނަ ކަމަށެވެ. އަދި ދެ ބޯޓުގައިވެސް ތިބީ ޢާއިލީ ގޮތުން ގުޅުން ހުރި މީހުން ކަމަށެވެ.

މިއަދު އޮންލައިން