ކޮލަމްބޯ ޔުނިވަރސިޓީގެ މެޑިސިންގ ފެކަލްޓީ އާއެކު ކުޅުނު ދިވެހި ޤައުމީ ކްރިކެޓް ޓީމު އެކުވެރިކަމުގެ ކްރިކެޓް މެޗު ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.
އެއްނަމްބަރު ޓާފު ދަނޑުގައި ކުޅުނު މިމެޗު ރާއްޖެ ޓީމުން ކާމިޔާބު ކުރީ 63 ލަނޑުންނެވެ.
ޓޮސް ދިމާވުމުން ރާއްޖެއިން ކުޅެން އަރާ، 155 ލަނޑު ވަނީ ހަދާފައެވެ. އޭގެ ތެރޭގައި 26 ބޯޅައިން ހާޒިގު ހެދި 44 ލަނޑާއި މިހުސާން ނުބައިނުވެ، ހެދި 39 ލަނޑު ފާހަގަކޮށްލެވެއެވެ. އަދި 31 ލަނޑު ހެދި މަހުފޫޒު އާއި 14 ލަނޑު ހެދި ޝަފްރާޒް އާއި 11 ލަނޑު ހެދި ޝާހިދު ކުޅުންވެސް ފާހަގަކޮށްލެވެއެވެ.
ވިހި އޯވަރަށް ކުޅުނު މި މެޗުގައި ކޮލަމްބޯ ޔުނިވަރސިޓީގެ ޓީމުން 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 92 ލަނޑެވެ.