ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތް މިރޭ ފަށައިފިއެވެ.
މި މުބާރާތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް އެވެ.
މާފަންނު ވިލީ ފުލުސް ކުރިމަތީ އޮންނަ މިނީ ގްރައުންޑުގައި ކުރިއަށްދާ މި މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު އަދި 30/18 ފުޓްސަލް ވިމެންސް ފިއެސްޓާގައި 12 ޓީމު ވަނީ ބައިވެރިވެފައެވެ.
ފިރިހެން ބައިގައި ބައިވެރިވެފައިވަނީ ޔުނައިޓެޑް ބީއެމްއެލް، ކްލަބު އެމްއާރްޑީސީ، ޓީމް ފެނަކަ، މޯލްޑިވިއަން، އެމްޕީއެލް، ކްލަބު އެޗްޑީސީ، ކްލަބު އިމިގްރޭޝަން، ހައުސިންގ މިނިސްޓްރީ، އެސްޓީއޯ ރެކްރިއޭޝަން ކްލަބު، އެމްއޭސީއެލް، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު، ޕޮލިސް ކްލަބު އަދި ދިވެހި ސިފައިންގެ ކްލަބެވެ.
މީގެ އިތުރުން ކްލަބު އެމްޓީސީސީ، ސިވިލް ކޯޓު، ޓީމް އެމްވައިއެސް، އެލައިޑް، ފެން ކްލަބު، މޯލްޑިވްސް މީޑިއާ ކްލަބު، ހޯމް އެފެއަރޒް ރެކްރިއޭޝަން ކްލަބު، އެމްއެންޔޫ ސްޓާފް ކްލަބު، ޓީސީއެލް، ކްލަބު އާސަންދަ، ތަޢުލީމީ ގުޅުން، ޓީމް އެފްއެސްއެމް، މޯލްޑިވްގޭސް، ކްލަބު ވެމްކޯ، އެޗްޕީއެސްއެން، ޕްރިސަން ރެކްރިއޭޝަން ކްލަބު، ޓީމް މެޑް އަދި ހެލްތު ރެކްރިއޭޝަން ކްލަބުންވެސް ވަނީ ބައިވެރިވެފައެވެ.
30/18 ވިމެންސް ފުޓްސަލް ފިއެސްޓާގައި ބައިވެރިވެފައިވަނީ ކްލަބު އިމިގްރޭޝަން، ޓީމް ފެނަކަ، އެމްއޭސީއެލް، ޕޮލިސް ކްލަބު، ދިވެހި ސިފައިންގެ ކްލަބު، އެމްޕީއެލް، އެސްޓީއޯ ރެކްރިއޭޝަން ކްލަބު، ޓީމް އައިޖީއެމްއެޗް، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު، ތަޢުލީމީ ގުޅުން، ޓީމް އޭޑަބްލިޔުއޭ އަދި ކްލަބު އާސަންދައެވެ.
ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެބޮޑު އަދި އެންމެ ކާމިޔާބު މި މުބާރާތް މެދުނުކެނޑި ބާއްވާތާ 12 އަހަރުވެފައިވާ އިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ 8 ވަނަ އަހަރެވެ.
ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ވެސް ބާއްވާ މި މުބާރާތުގައި މިދިޔަ އަހަރު ފިރިހެން 36 ޓީމާއި އަންހެން 16 ޓީމު ބައިވެރިވި އިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން އެމްއާރްޑީސީ ބަލިކޮށްހޯދީ ބީއެމްއެލް އިންނެވެ. އަންހެންބައިގެ ޗެމްޕިއަންކަން އިމިގްރޭޝަނުން ހޯދީ ފެނަކަ ބަލިކޮށްފައެވެ.