ޓިޝޫ ފޮށްޓަކުން "ބޮމެއް" ހަދައި އެއިން ބިރުދައްކައިގެން ފައިސާ ހޯދަން އުޅުނު އިނގިރޭސިއަކު 6 މަހަށް ޖަލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ޓިޝޫ ފޮށްޓަކުން "ބޮމެއް" ހަދައި އެއިން ބިރުދައްކައިގެން ފައިސާ ހޯދަން އުޅުނު އިނގިރޭސިއަކު 6 މަހަށް ޖަލަށް!
ޓިޝޫ ފޮށްޓެއް ބޮމެއް ގޮތަށް ދައްކަން ޕާރުސަލް ހަދައި އެއިން ބިރު ދައްކައިގެން ފައިސާ ހޯދަން އުޅުނު އިނގިރޭސިއަކު 6 މަހަށް ޖަލަށް ލައިފިއެވެ.

ޢުމުރުން 38 އަހަރުގެ އެމީހާ ފައިސާ މާރުކޮށްދޭ މަނީ އެކްސްޗޭންޖް ކައުންޓަރަކަށް ގޮސް 5،500 ދިރުހަމް ޖަހާފައިވާ ކަރުދާސްގަނޑެއް ދައްކާފައިބުނީ އެ އަދަދަށް ފައިސާ ނުދިންނަމަ ބޮން ގޮއްވާލާނެ ކަމަށެވެ.

އެތަނުގެ މެނޭޖަރަކަށްހުރި ފިލިޕިންސްގެ އަންހެނަކު އޭނާއަށް އިޖާބަދޭން އުޅޭގޮތް ދައްކާލައިފައި ފިއްތައިލީ ކުއްލި ހާލަތެއް ދިމާވެއްޖެކަން އަންގައިދޭ ރަނގަބީލަށެވެ. އެއީ ފުލުހުންގެ މަރުކަޒާއިވެސް ގުޅާފައި ހުންނަ ރަނަގަބީލެކެވެ.

އިންޒާރުގެ ރަނގަބީލު ލިބުމާއިއެކު އިމަރޖެންސީގައި ފުލުހުން އައިއިރު އެމީހާ ވަނީ ފިލާފައެވެ. ސީސީޓީވީގެ އެހީގައި އެމީހާ ދެނެގަނެ ހައްޔަރުކުރުމުން ބުނީ އެއީ ވަޒީފާއެއް ނެތި ގިނަ ދުވަހު އުޅެންޖެހުމުން އަތްމަތިދަތިވެ ފައިސާކޮޅެއް ހޯދަން ކުރިކަމެއް ކަމަށެވެ.

އޭނާ ބުނީ އެނާ އެދުނީވެސް މަދުއަދަދެއްގެ ފައިސާ ކޮޅަކަް ކަމަށެވެ. އަދި އެކަމަށްޓަކައި މައާފަށްވެސް އެދޭކަމަށެވެ. ކޯޓުން ބުނީ ފައިސާއަށް ދަތިވާ ކޮންމެ ފަހަރަކު ތަންތަނަށް ގޮސް ބިރުދައްކައިގެން ފައިސާ ހޯދަން ދޫކޮށްފައި ނުބެހެއްޓޭނެ ކަމަށެވެ.

މިއަދު އޮންލައިން