ފިރިމީހާގެ މަރުގެ ކުއްލި ޚަބަރު ކިޔަންވެސް ހިތްވަރުހުރި- ސީނަށް ގޮސްފަ އެނބުރިއައީ އިތުރު ހިތްވަރާއިއެކު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ފިރިމީހާގެ މަރުގެ ކުއްލި ޚަބަރު ކިޔަންވެސް ހިތްވަރުހުރި- ސީނަށް ގޮސްފަ އެނބުރިއައީ އިތުރު ހިތްވަރާއިއެކު!
ކައުރު އަކީ އިންޑިއާގެ އަމިއްލަ ޓީވީ ޗެނެލެއްކަމަށްވާ އައިބީސީ- 24 ނިޔުސްޗެނެލްގެ އެނައުންސަރެކެވެ. ހެދުނު ޚަބަރުކިޔަން އަރާފައި ކިޔަންޖެހުނު އެއް ޚަބަރަކީ ކުއްލި ޚަބަރެއްގެ ގޮތުގައި ކިޔަންޖެހުނު އެކްސިޑެންޓެއްގެ ޚަބަރެވެ.

އެކްސިޑެންޓް ހިނގިތަނުގައި ހުރި ރިޕޯޓަރު ދިން މައުލޫމާތުން އެކްސިޑެންޓްގައި މަރުވި 3 މީހުންގެތެރޭގައި އޭނާގެ ފިރިމީހާ ހިމެނޭކަމާއި އެކްސިޑެންތްވީ ފިރިމީހާ ދަތުރުކުރަން ހަމަޖެހިފައި އޮތް ވެހިކަލްކަން ކައުރަށް އެނގުނެވެ.

ރިޕޯޓަރާއި 10 ވަރަކަށް މިނިޓް ވާހަކަދައްކައި ޚަބަރު ގެނެސްދިން އިރުވެސް މޫނުމަތިން އަދި އަޑުންވެސް އެއްވެސް ކަމެއްވީކަން ނުއަންގައި ކައުރު ކެތްކުރިއެވެ. ނަމަވެސް ޚަބަރަށްފަހު ސްޓޫޑިއޯ އިން ނުކުތްގޮތަށް ދިއައީ "ބަޑިފަޅައިގެން"ނެވެ. އެހާލަތުގައިވެސް ހަމަޖެހިގެންހުރެ އާއިލީންނަށް މައުލޫމާތު ދިނުމަށްފަހު އެކްސިޑެންޓް ހިނގިތަނަށް ދިއައެވެ.

ނޫހުގެ އެޑިޓަރު ބުނީ ރިޕޯޓަރު މައުލޫމާތުދޭން ފެށުމުން އެނައުންސަރުގެ ފިރިމީހާ މަރުވިކަން އެނގުނުކަމަށާއި ނަމަވެސް އެކަން ކައުރަށް އަންގައި އެނައުންސަރު ބަދަލުކުރަން ހިތްވަރު ނުލިބުނީ ކަމަށެވެ. އަދި އެކްސިޑެންޓްވި ތަނަށް ގޮސްފައި އެނބުރި އޮފީހަށް އައިއިރު ކައުރަށް ހުރީ އިތުރު ހިތްވަރެއް ލިބިފައި ކަމަށާއި މިއީ ޢާންމުކޮށް ފެންނާނެ ކަމެއް ނޫން ކަމަށެވެ.

މިއަދު އޮންލައިން