ގޭމްކުޅެން މަޑުނުކުރަން ބުނުމުން ވެއިޓަރަށް ހަމަލާދީ އިސްލާމް ދީނަށް ފުރައްސާރަކުރުމުން 3 މަހަށް ޖަލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ގޭމްކުޅެން މަޑުނުކުރަން ބުނުމުން ވެއިޓަރަށް ހަމަލާދީ އިސްލާމް ދީނަށް ފުރައްސާރަކުރުމުން 3 މަހަށް ޖަލަށް!
ދުބާއީގެ ކެފޭއެއްގައި ގޭމްކުޅެން ތިބިބައަކު ގޭމްކުޅެން މަޑުނުކުރަން ބުނުމުން ވެއިޓަރަށް ހަމަލާދީ އިސްލާމް ދީނަށް ފުރައްސާރަކުރި މީހަކު 3 މަސް ދުވަހަށް ޖަލަށްލުމަށް ކޯޓުން ޙުކުމްކޮށްފިއެވެ.

ފުލުހުން ބުނީ އެތަނުގައި ގޭމްކުޅެން ތިބީ 3 މީހުން ކަމަށާއި އެކަކު ކުޅުނީ އިސްލާމް ދީނާ ޚިލާފްވާ ގޭމެއް ކަމަށެވެ. އަދި ރުޅިގަދަވެ އިސްލާމް ދީނަށް ފުރައްސާރަކުރީވެސް އެމީހާ ކަމަށެވެ.

ފުލުހުން ބުނީ އެކަންކުރީ އިންޖިނޭރެއް ކަމަށާއި އިންޖިނޭރުން ފަދަ ރަނގަޅު މަޤާމުތަކުގައި ތިބޭ ޤާބިލު ޒުވާނުންނަކީ މިފަދަ ދަށުދަރަޖައިގެ އަމަލުތައް ކުރާ މީހުން ކަމަށް ވެގެން ނުވާނެ ކަމަށެވެ.

ގޭމްކުޅުމަށް ދެވިހިފާފައި ތިބޭ މީހުންގެ ކިބައިން ދަނީ މިފަދަ ގިނަ އަމަލުތަކެއް ފެންނަމުންކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން