ކުލަބް މޯލްޑިވްސް 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ވާދަކުރާ ޕޮލިސް ކުލަބް އަންހެން ފުޓްސަލް ޓީމަށް ޖާޒީ ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކުލަބް މޯލްޑިވްސް 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ވާދަކުރާ ޕޮލިސް ކުލަބް އަންހެން ފުޓްސަލް ޓީމަށް ޖާޒީ ހަވާލުކޮށްފި
ކުލަބު މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ވާދަކުރާ ޕޮލިސް ކުލަބުގެ އަންހެން ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.މި ބައްދަލުވުމުގައި ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދެއްކެވި ވާހަކަފުޅުގައި ޓީމެއްގެ ގޮތުގައި ކުޅެ ކާމީޔާބީ ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށާއި ޓީމުގެ ކުޅުންތެރިންނާ އޮފިސަލުން ކުޅިވަރުގެ ރޫހާ އެއްގޮތްވާގޮތުގެ މަތީން އަމަލުތައް ބެހެއްޓުމަށް އެދިލެއްވިއެވެ. އަދި ކާމިޔާބު ލިބޭނީ ޓީމެއްގެ ގޮތުގައި ކުޅެގެންކަން ފާހަގަކުރައްވައި އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރުމަށް ވިދާޅުވެ ޓީމަށް ހިއްވަރު ދެއްވިއެވެ.
މި ބައްދަލުވުމުގައި ޕޮލިސް ކުލަބުގެ ރައީސް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ނަދީމް އާއި ޕޮލިސް ކުލަބުގެ ހިންގާ ކޮމިޓީގެ ބައެއް މެމްބަރުންނާއި ޕޮލިސް ކުލަބު އަންހެން ފުޓްސަލް ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ބައިވެރިވިއެވެ.މިއަހަރުގެ ކުލަބް މޯލްޑިވްސް 18/30 ގައި ވާދަކުރާ ޕޮލިސް ޓީމަށް ބިދޭސީ ދެ ކުޅުންތެރިޔަކު ގެނެސްފައިވާއިރު ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ޙަސަން ހަމީދުއެވެ. ޕޮލިސް ކުލަބާ ގުޅުނު ބިދޭސީ ދެ ކުޅުންތެރިންނަކީ ބްރެޒިލްގެ ހުނަރުވެރި ފުޓްސަލް ކުޅުންތެރިއެއްކަމަށްވާ ޑި އޮލިވޭރާ ސިލްވާ އިވަނެއިޑީ އާއި ތައިލެންޑް ކުޅުންތެރިއެއްކަމަށްވާ މަމްޔާލީ ސަވިތްރީއެވެ.

މި މުބާރާތުގައި ޕޮލިސް ކުލަބު ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމެޕެނީ ލިމިޓެޑާއެވެ. މިމެޗު ފަށާނީ މިރޭ 20:00 ގައެވެ.
މިއަދު އޮންލައިން