މިޞުރުގެ ކްރިސްޓިއަން ފައްޅިއެއްގައި މިއަދު ހެނދުނު އަޅުކަންކުރަން ތިއްބާ ބޮމެއް ގޮވާލުމުން 13 މީހުން މަރުވެ 42 މީހުން ޒަޚަމްވެއްޖެއެވެ.
މިހަމަލާދީފައިވަނީ މިޞުރުގެ 5 ވަނަ އަށް އެންމެ ބޮޑު ސިޓީ "ތަންތާ" ގައި ގިނަބައަކު ޖަމާވާ ފައްޅިއެއްގައެވެ.
ފަހަކަށް އައިސް ކްރިސްޓިއަނުންނަށްދޭ މިފަދަ ހަމަލާތައް މިޞުރުގައި ދަނީ އިތުރުވަމުންނެވެ.
އަލްއަޒްހަރު ޔުނިވަރސިޓީގެ އިމާމުން ވިދާޅުވެފައިވަނީ މުސްލިމުންނަށް އެމީހުންގެ ފަރާތުން ގެއްލުން ނުލިބޭނަމަ އެހެންދީންތަކުގެ މީހުންނަށް ހަމަލާ ދީގެން ނުވާނެ ކަމަށާއި މުސްލިމުން މަސައްކަތްކުރަންވާނީ އެންމެން ގުޅިގެން ދިރިއުޅުމަށް ކަމަށެވެ.