އިއުލިއާ އަށް ހަދިޔާއެއްގެ ގޮތުން ސަލްމާން ދިނީ ކާރަކާއި ގެއެއް

ކިޔުމަށް ހޭދަވާނީ 1މ 48ސ
އިއުލިއާ އަށް ހަދިޔާއެއްގެ ގޮތުން ސަލްމާން ދިނީ ކާރަކާއި ގެއެއް
ބޮލީވުޑް ގެ މަޝްހޫރު އެކްޓަރ އަދި ދުނިޔޭގެ ގިނަ ބަޔަކު އެމީހެއް ދެކެ ވަރަށް ލޯބިވާ ސަލްމާން ޚާން، އޭނާގެ ލޯބިވެރިޔާ ކަމަށް ގިނަ ބަޔަކު ބުނެފައިވާ އިއުލިއާ ވަންތޫރު އަށް ވަރަށް ވެސް އަގުހުރި ހަދިޔާއެއް ދީފިއެވެ.

ރޯމޭނިއާ ގެ ރަށްވެއްސެއް ކަމަށްވާ އިއުލިއާ އިންޑިއާގައި ބެހެއްޓުމަށްޓަކައި ސަލްމާންވަނީ އޭނާއަށް ކާރަކާއި ގެއެއް ހަދިޔާ ކޮށްފައެވެ.

އިންޑިއާ ސަރުކާރުގެ ޤަވައިދުގައިވާ ގޮތުގެ މަތިން، އެހެން ޤައުމުެއްގެ މީހަކަށް އެޤައުމުން ގެއެއް ނުގަނެވޭނެއެވެ. އެހެންކަމުން މިވީހާތަނަށް އިއުލިއާ ދިރިއުޅެމުން އައީ ކުއްޔަށް އެޕާރޓްމެންޓެއް ހިފައިގެންނެވެ.

ނަމަވެސް ވަކި މުއްދަތަކަށް ހިފާފައި ހުރި އެއެޕާރޓްމެންޓުގެ އެގްރިމެންޓު ހަމަވުމުން، އިއުލިއާ ދެން ވިސްނަމުން ދިޔައީ އެނބުރި އޭނާގެ ޤައުމަށް ދިޔުމަށެވެ. ނަމަވެސް އެއީ ބޮލީވުޑްގެ ސުޕާރސްޓާރ ސަލްމާން ޚާންއަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ.

ސަލްމާން އަކީ އެކްޓިންގ ގެ އިތުރުން އެހެން މީހުންނަށް އެހީތެރި އަދި ނުހަނު ދީލަތި މީހެކެވެ. އެތަކެއް ބަޔަކަށް އެހީތެރިވެފައިވާ ސަލްމާން، އޭނާގެ ލޯބިވެރިޔާއަށް ވެސް އެހީވާނެ ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންކަމުން އޭނާވަނީ އިއުލިއާއަށް ކަރަކާއި ގެއެއް ހަދިޔާ އެއްގެ ގޮތުން ދީފައެވެ. އެގެއާއި ކާރު ގަނެފައިވަނީ ސަލްމާން ގެ ނަންމަތީގައެވެ.
ކެމެރާތަކުން ސަލާމަތްވުމަށް ސަލްމާން އެގެ ގަނެފައިވަނީ އޭނާގެ ގެއާއި ވަރަށް ދުރުންނެވެ.

ސަލްމާން އާއި އިއުލިއާގެ ގުޅުމަށް ދެފަރާތުންވެސް އަދި އެއްބަސްވެފައި ނުވީ ނަމަވެސް، ސަލްމާން ގެ އާއިލާއިން ބާއްވާ ހުރިހާ ޚަފްލާއެއްގައިވެސް އިއުލިއާ ބައިވެރިވެއެވެ. އެގޮތުން ދާދި ފަހުން އިއުލިއާ ވަނީ ސަލްމާންގެ ކޮއްކޮ އާހިލްގެ އެއް އަހަރުވީ އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި، ސަލްމާންގެ އާއިލާއާއި އެކު ރާއްޖެއަށް ވެސް އައިސްފައެވެ. އަދި އެދަތުރު އިއުލިއާ ސިފްކޮށްފައިވާ ވަނީ ވަރަށް ވެސް "ރީތި އަދި އުފާވެރި" ދަތުރެއްގެ ސިފައިގައެވެ.

މިހާރުވެސް ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ، ހަމަ ކުރިންވެސް ސަލްމާންއާއި ކުރަމުން އައި ސުވާލެވެ. އެއީ ސަލްމާން ކައިވެނި ކުރާނީ ކޮންއިރަކުންތޯއެވެ.
މިއަދު އޮންލައިން