ސޮކަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ މައިލޯ ކިޑްސް ނ. އަތޮޅު ފިއެސްޓާގެ ޕްރީ ސްކޫލު ބައިގެ ޗެމްޕިއަންކަން ލަންދޫ، ގްރޭޑް 1 އަދި 2 ގެ ޗެމަޕިއަންކަން މާފަރު ސްކޫލުން ހޯދައިފިއެވެ.
ޕްރީ ސްކޫލް ބައިގެ ޗެމްޕިއަންކަން ލަންދޫ ސްކޫލް ހޯދީ ފައިނަލް މެޗުގައި ކެނދިކުޅުދޫ ސްކޫލާ ވާދަކޮށް މޮޅުވެގެންނެވެ. މި މެޗު ލަންދޫ އިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 4-2 ންނެވެ. މި ބައިގެ ތިންވަނަ ހޯދީ ނ. އަތޮޅު މަދަރުސާ އެވެ.
ގްރޭޑް އެކެއް އަދި ދޭއްގެ ބައިގެ ޗެމްޕިއަންކަން މާފަރު ސްކޫލް ހޯދީ ފައިނަލް މެޗުގައި ނ. އަތޮޅު މަދަރުސާ އަތުން ޕެނަލްޓީ ޖަހައިގެން 7-6 އިން ކުރި ހޯދައިގެން ނެވެ. މި ބައިގެ ތިންވަނަ ހޯދީ ހިދާޔާ ސްކޫލް އެވެ.
ޕްރީ ސްކޫލް ބައިގާ ވާދަކޮށްފައިވަނީ މާފަރު ޕްރީ ސްކޫލް، މަގޫދޫ ޕްރީ ސްކޫލް، ލަންދޫ ޕްރީ ސްކޫލް، ކެނދިކުޅުދޫ ޕްރީ ސްކޫލް، މޭނާ ޕްރީ ސްކޫލް، ޅޮހީ ޕްރީ ސްކޫލް، ހިދާޔާ ޕްރީ ސްކޫލް، ނ. އަތޮޅު ޕްރީ ސްކޫލް، ކުޑަފަރީ ޕްރީ ސްކޫލް އަދި ފޮއްދޫ ޕްރީ ސްކޫލެވެ.
ގްރޭޑް 1 އަދި 2 ގެ ބައިގާ ވާދަކުރީ މާފަރު ސްކޫލާއި ލަންދޫ ސްކޫލާއި ކެނދިކުޅުދޫ ސްކޫލާއި މޭނާ ސްކޫލާއި ޅޮހީ ސްކޫލާއި ހިދާޔާ ސްކޫލާއި ނ. އަތޮޅު ސްކޫލާއި ކުޑަފަރީ ސްކޫލާއި ފޮއްދޫ ސްކޫލެވެ.
މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާގެ މިއަހަރުގެ ފުރަތަމަ ބުރު ފެބްރުއަރީ މަހު މާލޭގައި ބާއްވާފައިވާ އިރު، އެ ބުރުގެ ގްރޭޑް 2ގެ ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލެވެ. ގްރޭޑް 3ގެ ޗެމްޕިއަންކަން ހޯދީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލެވެ.