ކުލަބް މޯލްޑިވްސްގައި ވާދަކުރާ ޕޮލިސް ކުލަބް ފިރިހެން ފުޓްސަލް ޓީމަށް ޖާޒީ ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކުލަބް މޯލްޑިވްސްގައި ވާދަކުރާ ޕޮލިސް ކުލަބް ފިރިހެން ފުޓްސަލް ޓީމަށް ޖާޒީ ހަވާލުކޮށްފި
ކުލަބު މޯލްޑިވްސް ކަޕްގައި ވާދަކުރާ ޕޮލިސް ކުލަބުގެ ފިރިހެން ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓްޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދުއެވެ.މި ބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދު ދެއްކެވި ވާހަކަފުޅުގައި ޓީމުގެ ކުޅުންތެރިންނާ އޮފިސަލުން ކުޅިވަރުގެ ރޫހާ އެއްގޮތްވާގޮތުގެ މަތީން އަމަލުތައް ބެހެއްޓުމަށާއި ކާމިޔާބު ލިބޭނީ ޓީމެއްގެ ގޮތުގައި ކުޅެގެންކަމަށެވެ.
އަދި ފުލުހުންގެ މުއައްސަސާއަކީ ޕްރޮފެޝަން އަދި ޑިސިޕްލިން މުއައްސަސާއަކަށްވާއިރު މުބާރާތުގެ ތެރެއިން އެކަން ދެއްކުމަށްވެސް ކުޅުންތެރިންގެ ކިބައިން އެދިލެއްވިއެވެ.މި ބައްދަލުވުމުގައި ޕޮލިސް ކުލަބުގެ ހިންގާ ކޮމިޓީގެ ބައެއް މެމްބަރުންނާއި ޕޮލިސް ކުލަބު ފިރިހެން ފުޓްސަލް ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ބައިވެރިވިއެވެ.

މި މުބާރާތުގައި ޕޮލިސް ކުލަބު ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ޓީމް ފެނަކައާއެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައެވެ.
މިއަދު އޮންލައިން