މިނިވަން ޗެމްޕިއަންޝިޕްގައި ހއ. މާރަންދޫ ބަލިކޮށް ޒޯން އެކެއްގެ ޗެމްޕިއަންކަން ހދ. ކުޅުދުއްފުށި ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު މި މެޗު ކުޅުދުއްފުށިން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ.
ކުޅުދުއްފުށީގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކުޅުދުއްފުށީ ޓީމުގެ އަންވަރި އާދަމް އާއި ޙުސައިން ޢަބްދުލްރަޝީދުގެ ލަނޑުން އެޓީމަށް ވަނީ ހިނިތުންވުން ގެނުވާފައެވެ.
މާރަންދޫން ޓީމުން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ މުހައްމަދު ރަމީޒެވެ.
ޒޯން އެކެއްގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދުމުން ދެން އެޓީމު ވާދަކުރަން ޖެހޭނީ ހުރިހާ ޒޯނެއްގެ ޗެމްޕިއަން ޓީމުތައް ވާދަކުރާ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައެވެ.