ޗައިނާގެ ޒިންޖިއާން ޕްރޮވިންސްގެ އިސްމުލިމުންތަކެއްގެ ކުރިމަތީގައި ސިގިރޭޓް ބުއި ސަރުކާރުގެ އޮފިޝަލެއްގެ މަޤާމް ދަށްކޮށްފިއެވެ.
ސަރުކާރުން ބުނީ އޭނާ އެކަންކުރީ އުމުރުން ދުވަސްވީ މުސްލިމް އިސްބައެއްގެ ޤަދަރުކުޑަކުރުމުގެ ގޮތުން ކަމަށާއި އެފަދަ ކަންކަމަކީ ސަރުކާރުގެ އޮފިޝަލުން ކޮށްގެންވާނެ ކަންކަން ނޫން ކަމަށެވެ.
ޒިންޖިއާން ޕްރޮވިންސަކީ މުސްލިމުންގެ އެންމެ ގިނަ ބައަކު ދިރިއުޅޭ ސަހައްދެވެ. އެ ސަރަހައްދުގައި މުސްލިމުންނަށް ކުރިމަތިވާ ބައެއް މައްސަލަތަކާއި ގުޅިގެން މައްސަލަތައްވެސް ދަނީ ކުރިމަތިވަމުންނެވެ.
އެ ސަރަހައްދުގައި އަންހެނުން މޫނުބުރުގާ އެޅުމާއި ފިރިހެނުން ތުނބުޅި ބެހެއްޓުމަކީވެސް މަނާ ކަންކަމެވެ. ސަރުކާރުން ބުނީ އެކަންކަން މަނާކުރީ ހައްދުފަހަނައަޅައިދިުން ހުއްޓުވުމަށް ކަމަށެވެ. ނަމަވެސް މުސްލިމުން ބުނަމުން ދަނީ މައްސަލަތައް އުފެދެނީ މުސްލިމުން ކުރަންޖެހޭ ކަންކަން މަނާކުރުމުން ކަމަށެވެ.