މައްކާ އާއި މަދިނާ ހިމެނޭ ގޮތަށް ބާރުގަދަ ވަޔާއިއެކު ސައުދިއަރބިޔާގެ ބައެއް ސަރަހައްދުތަކަށް ވެލީގެ ޠޫފާނެއް އަތުވެއްޖެއެވެ.
މިއަދު އައި މިޠޫފާނުގެ ބާރު އެންމެ ގަދައީ ޖިއްދާ، މައްކާ މަދީނާ އަލްގަސިމް އަށާއި އިރުމަތީ ޕްރޮވިންސްގެ ސަރަހައްދުތަކަށެވެ.
ޠޫފާނުގައި 55 މޭލު ބާރު މިނުގައި ވައި ހުރުމުން ސަރަހައްދުތައްވަނީ ވެލިން ފުރިގައެވެ. އެހެންކަމުން ޠޫފާން އަރާފައިވާ ސަރަހައްދުތަކުގެ ސްކޫލްތައް މާދަމާ ވަނީ ބަންދުކޮށްފައެވެ.
މީޓިއޮރޮލޮޖީން ބުނީ ޠޫފާން ބަލިވާން ފަށާނެކަމަށް ބެލެވެނީ ބުރާސްފަތި ދުވަހު ކަމަށެވެ.