ކްލަބު މޯލްޑިވްސް ކަޕްގައި ފައިބެއަހަރުގެ ރަނަރއަޕް އެމްއާރްޑީސީން ސްޓެލްކޯ ރެކްރިއޭޝަން ކްލަބު ބަލިކޮށް ފެށުން ރަނގަޅުކޮށްފިއެވެ.
ގްރޫޕް އީގެ މި މެޗު އެމްއާރްޑީސީން 2-0 ލަނޑުން ކާމިޔާބުކުރި އިރު، ލަނޑުތައް ޖަހައިދިނީ ޢަބްދުﷲ މިދުހަތު ފަހުމީ އާއި މުހައްމަދު ލިޔާހުއެވެ.
އެމްއާރްޑީސީގެ ޓީމުގައި ފުރަތަމަ ޑިވިޜަނުގައި ކުޅޭ ނިއުގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން، ޓީސީގެ އަލީ ނާފިޢު، ވެލެންސިއާގެ މުހައްމަދު ފުހައިދު، ނިއުގެ ޢަބްދުﷲ މިދުހަތު ފަހުމީ، ވިކްޓަރީ އިސްމާއިލް އީސާ (މެސީ)، އެޓީމުގެ ހަސަން އަދުހަމް (ސަޑޭ) އަދި ނިއުގެ އަކްރަމް ޢަބްދުލްޣަނީ (އަކޫ) ހިމެނެއެވެ.
އިއްޔެ ކުޅުނު ގްރޫޕް އެފްގެ މެޗުގައި ޕޮލިސް ކުލަބާއި ޓީމު ފެނަކަ ބައްދަލުކުރި މެޗު ނިމުނީ 2-2 ކަނޑުން ދެޓީމު އެއްވަރުވެގެންނެވެ.
ޓީމް ފެނަކައިގެ ލަނޑުތައް ޖަހައިދިނީ ނާވީ މުހައްމަދާއި އަހްމަދު ހަލީމްއެވެ. ޕޮލިސް ކްލަބުގެ ލަނޑުތައް ޖަހައިދިނީ އަހްމަދު ރިފްޝާން އާއި އަލީ ރިސްވާން އަހްމަދެވެ.
ކްލަބު މޯލްޑިވްސް ކަޕްގައި މިއަދު ކުޅޭ މެޗުތައް:
20:00- އެމްއެންޔޫ ސްޓާފް ކްލަބު – ކްލަބު ވެމްކޯ
20:00- އެޗްޕީއެސްއެން – މޯލްޑިވްސް މީޑިއާ ކްލަބު