ކުލަބު މޯލްޑިވްސް ކަޕްގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
ކުލަބު މޯލްޑިވްސް ކަޕްގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެ
ކުލަބު މޯލްޑިވްސް ކަޕްގައި ޕޮލިސް ކުލަބު ފިރިހެން ފުޓްސަލް ޓީމު ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ.

އިއްޔެ ހަވީރު ކުޅުނު މެޗު އެއްވަރުވެފައިވަނީ ޓީމް ފެނަކައާ ވާދަކޮށް 2-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ޕޮލިސް ކުލަބުން ޖެހި ދެ ލަނޑު ޖަހައިދީފައިވަނީ އަޙްމަދު ރިފްޝާން އާއި އަލީ ރިޝްވާން އަޙްމަދު އެވެ. ފެނަކަ އަށް ލަނޑުތައް ޖަހައިދީފައިވަނީ އަޙްމަދު ހަލީމް އާއި ނަވީ މުޙައްމަދުއެވެ.

މި މުބާރާތުގައި ޕޮލިސް ކުލަބު ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ މޯލްޑިވްސް މީޑިއާ ކުލަބާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 16 ވަނަ ދުވަހުގެރޭ 20:15 ގައެވެ.
މިއަދު އޮންލައިން