މާލޭ ލީގުގައި އީގަލްސް އިން ވެލެންސިއާގެ މައްޗަށް ކުރި ހޯދައިފި

ކިޔުމަށް ހޭދަވާނީ 42ސ
މާލޭ ލީގުގައި އީގަލްސް އިން ވެލެންސިއާގެ މައްޗަށް ކުރި ހޯދައިފި
މާލޭ ލީގުގައި ކްލަބު އީގަލްސް އާއި ވެލެންސިއާ ކުޅުނު މެޗުން ކުލަބު އީގަލްސް އިން ކާމިޔާބުކޮށްފިއެވެ.

މި މެޗު އީގަލްސް އިން ކާމިޔާބުކުރީ 3-0 ލަނޑުންނެވެ.

ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗުގައި އީގަލްސްގެ ލަނޑުތައް ޖަހައިދިނީ އަންސަރު އިބްރާހިމް (އަންކޮ) އާއި އަހްމަދު ނާޝިދު (ނައްޓޭ) އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހްމަދު ނައުފަލް އެވެ.

މާލޭ ލީގުގައި ވެލެންސިއާއަށް މިހާތަނަށް 4 މެޗު ކުޅެފައިވާ އިރު، ލިބިފައިވަނީ ކްލަބު ގްރީން ސްޓްރީޓްސް އަތުން އެ ޓީމަށް ލިބުނު ޕޮއިންޓު އެކަންޏެވެ.

ލީގުގައި އީގަލްސް ކުޅުނު 4 މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، އެއް މެޗުން އެއްވަރުވެ އަނެއް މެޗުން ވަނީ ބަލިވެފައެވެ.

މިއަދު އޮންލައިން