ކުލަބު މޯލްޑިވްސް 18/30 ވުމަންސް ފުޓްސަލް ފިއެސްޓާ: ޕޮލިސް ކުލަބު ކުޅުނު ދެވަނަ މެޗު ތަފާތު ބޮޑު ނަޖީއާއަކުން ކާމިޔާބުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
 ކުލަބު މޯލްޑިވްސް 18/30 ވުމަންސް ފުޓްސަލް ފިއެސްޓާ: ޕޮލިސް ކުލަބު ކުޅުނު ދެވަނަ މެޗު ތަފާތު ބޮޑު ނަޖީއާއަކުން ކާމިޔާބުކޮށްފި
ކުލަބު މޯލްޑިވްސް 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ޕޮލިސް ކުލަބު ކުޅުނު ދެވަނަ މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

ޕޮލިސް ކުލަބު ކުޅުނު ދެވަނަ މެޗުގައި ފެހި ފަހި ކުލަބާ ވާދަކުރިއިރު މިމެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 20 – 0 ގެ ނަތީޖާއަކުންނެވެ.ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މިމެޗުގައި ޕޮލިސް ކުލަބަށް ލަނޑުތައް ޖަހަދީފައިވަނީ 9 ލަނޑު ކާމިޔާބުކޮށްދިން ބްރެޒިލްގެ ކުޅުންތެރިޔާ ޑި އޮލިވެއިރާ ސިލްވާއެވެ. އަދި ތައިލެންޑް ކުޅުންތެރިޔާ ސަވިތުރީ އާއި ފާތިމަތު ޒާހިރާ އާއި ޝީނީޒް މުޙައްމަދު މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިންއިރު ސަންފާ އިބްރާހިމް ވަނީ 5 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ މިމެޗުގައި 9 ލަނޑު ޖެހި ބްރެޒިލްގެ ކުޅުންތެރިޔާ ޑި އޮލިވެއިރާ ސިލްވާއެވެ.

މި މުބާރާތުގައި ޕޮލިސް ކުލަބޭ ތިން ވަނަ މެޗުގައި ވާދަކުރާނީ އަވަ އެފްޓީއާއެވެ. މިމެޗު ކުޅޭނީ ހުކުރު ދުވަހުގެރޭ 20:00 ގައެވެ.
މިއަދު އޮންލައިން