ކެނެޑާގެ އޮނަނަރީ ސިޓިޒަންޝިޕް މަލާލާއަށް ދީފިއެވެ.
މަލާލާ އަށް ސިޓިޒަންޝިޕް ޙަވާލުކޮށްފައިވަނީ އޮޓާވާގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި މަލާލާ ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގެ އަންހެން ކުދިންނަށް ތަޢުލީމުގެ ފުރުޞަތުތައް ހޯދައިދިނުމަށް ކެނެޑާގެ ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.
ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ މަލާލާގެ މަސައްކަތަށް ތަޢުރީފް ކުރައްވާފައިވާ އިރު، އޮނަރަރީ ސިޓިޒަންޝިޕް ކެނެޑާ އިން މީގެކުރިން ނެލްސަން މަންޑޭލާ، ދަލައި ލާމާ، ދީނީ ލީޑަރު އާގާ ޚާން، ސްވިޑަންގެ ޑިޕްލޮމެޓް ރައޫލް ވަލެންބާގު އާއި މިއަންމާގެ ލީޑަރ އަން ސަން ސޫކީއަށް ވަނީ ދީފައެވެ.
ނޯބެލް އިނާމުވެސް ޙާޞިލުކޮށްފައިވާ ޢުމުރުން 19 އަހަރުގެ ޕާކިސްތާނުގެ މަލާލާ ޔޫސުފްޒައި ވަނީ އދ.ގެ އެންމެ ޒުވާން ސުލްހައިގެ މެސެންޖަރަކަށް މަލާލާ ދާދި ފަހުން ވަނީ ހަމަޖައްސާފައެވެ.