އެމެރިކާގެ ފުރަަތަމަ މުސްލިމް އަންހެން ފަނޑިޔާރު ކޯރެއްފައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން ނިންޔޯކުގެ އެންމެ މަތީ ކޯޓުގައި މަސައްކަތްކުރާ އުމުރުން 65 އަހަރުގެ ޝީލާ ޢަބްދުއްސަލާމް މަރުވެފައި އޮއްވާ މިދިއަ ބުދަ ދުވަހު ފެނުނީ ނިވްޔޯކުގެ ހުޑްސަން ރިވަރގައެވެ.
ފުލުހުން ބުނާ ގޮތުން ޝީލާގެ ހަށިގަނޑު ފެނުނީ ކޯރުގައި އޮޔާދަނިކޮށެވެ. އަދި އެނާ މަރުވެފައި އޮތީ ލައިގެންހުރި ހެދުމާއިވެސް އެކުގައެވެ.
ޢާއިލާ އިން ބުނީ ބުނާނެ ވަކިއެއްޗެއް ނެތް ކަމަށާއި އޮޓޯޕްސީ ރިޕޯޓް ލިބުމުން ނޫނީ ބަހެއް ބުނަން ބޭނުންނުވާ ކަމަށެވެ. ނިވްޔޯކްގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރެއްގެ މަޤާމް ޝީލާއަށް ލިބުނީ 2013 ވަނަ އަހަރުއެވެ. ޝީލާއަކީ ޤާނޫނާ އެއްގޮތަށް އަމަލުކުރުމުގަ ނަމޫނާ ފަނޑިޔާރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ފަނޑިޔާރެކެވެ.