ފޭސްބުކްގަ މިސުރުގެ ރައީސަށް ފުރައްސާރަކުރިކަމަށްބުނެ ޤާނުނީ ވަކީލަކު 10 އަހަރަށް ޖަލަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ފޭސްބުކްގަ މިސުރުގެ ރައީސަށް ފުރައްސާރަކުރިކަމަށްބުނެ ޤާނުނީ ވަކީލަކު 10 އަހަރަށް ޖަލަށް
ފޭސްބުކްގައި މިސުރުގެ ރައީސް އަލްސިސީއަށް ފުރައްސާރަކުރި ކަމަށްބުނެ ޤާނުނީ ވަކީލް މުޙައްމަދު ރަމަޟާން 10 އަހަރަށް ޖަލަށް ލުމަށް މިޞުރުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. އޭނާގެ މައްޗަށް ބޮޑު ހުކުމެއް ކުރުމަސްޓަކައި އޭނާގެ ބޮލުގައި ވަނީ ޓެރަރިޒަމަށް ހިތްވަރުދޭކަމުގެ އިލްޒާމްވެސް އަޅުވައިފައެވެ.

މީގެ އިތުރުން އެހެން މީހަކަށްވެސް ވަނީ މިފަދަ މައްސަލައެއްގައި 5 އަހަރުގެ ޖަލު ހުކުމެއް މިދިއަ ބުދަ ދުވަހު އިއްވައިފައެވެ.
ރަމަޟާންގެ ޤަނުނީ ވަކީލް ބުނީ މިއީ އެއްވެސް މީހަކު އަލް ސިސީއަށް ފާޑުކިޔައިގެން ނުވާނެ ކަމާއި ފާޑުކިޔައިފިނަމަ މިފަދަ ބޮޑެތި އަދަބުތައް ދޭނެކަމުގެ ބިރު ދެއްކުމަށް ދިން އިންޒާރެއް ކަމަށެވެ.

މިޞުރުގެ ކޯޓުތަކުން ކުރާ މިފަދަ އަނިޔާވެރި ޙުކުމްތަކާއި ގުޅިގެން ގިނަ ފަރާތްތަކަކުން ގެންދަނީ ފާޑުކިޔަމުންނެވެ. ނަމަވެސް އަލްސިސީއަކީ ހިލަ ހިތެއް އޮންނަ ޚުދުމުޚުތާރު ވެރިއަކަށްވާތީ އޭނާއަށް އެއިން އެއްވެސް އަޑެއް އިވޭކަމަކަށް ނުވެއެވެ.
މިއަދު އޮންލައިން