މެކްސިކޯގައި ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓްވެ 24 މީހުން އަނދައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ބަސް އެކްސިޑެންޓްވެ ޖެހުނީ ޕެޓްރޯލް އުފުލާ ބައުޒަރެއްގައެވެ. އެކްސިޑެންޓްވުމާއިއެކު ބައުޒަރުގައި ހުޅުހިފީއެވެ. ވިއްސައިގެންދިޔަ އަލިފާނާއި ތެޔޮތައް ބަހަށް އެޅި ބަހުގައިވެސް އަލިފާން ހިފީއެވެ.
ބަހުގައި ދަތުރުކުރި މީހުންނަކީ ޗުއްޓީ ހޭދަކުރަން އެފަދަ ސަރަހައްދަކަށް ދަތުރުކުރި ފަތުުވެރިންނާއި ރަށުގެ ރައްޔިތުން ކަމަށް ފުލުހުން ބުނެއެވެ.