އދގެ ޞުލްހަބަލަހައްޓާ ފައުޖުގައި ހިމެނޭ ލަންކާ ސިފައިންގެ ގިނަ ބައަކު ކުޑަކުދިންނާ ޖިންސީ ގުޅުން ހިންގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އދގެ ޞުލްހަބަލަހައްޓާ ފައުޖުގައި ހިމެނޭ ލަންކާ ސިފައިންގެ ގިނަ ބައަކު ކުޑަކުދިންނާ ޖިންސީ ގުޅުން ހިންގައިފި
ހައިޓީގައި ތިބި އދގެ ޞުލްހަބަލަހައްޓާ ފައުޖުގައި ހިމެނޭ ސްރީލަންކާ ސިފައިންގެ ގިނަ ބައަކު ކުޑަކުދިންނާއި ޖިންސީ ގުޅުން ހިންގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ކަންކަން ސިއްރުކޮށް އަސްލު އަދަދުތައް ހާމަނުކުރާ އދ އިން ބުނެފައިވާ ގޮތުން ހައިޓީގައި ތިބި ސްރީ ލަންކާ ސިފައިންގެ ތެރެއިން 150 ވަރަކަށް މީހުން ވަނީ ކުޑަކުދިންނާއި ޖިންސީ ގުޅުން ހިންގައިފައެވެ.

ހައިޓީގެ އުމުރުން 15 އަަހރުގެ ފިރިހެން ކުއްޖަކު ބުނީ ފާއިތުވި 3 އަަހރުގެ ތެރޭގައި އޭނާ ވަނީ 100 އަށްވުރެ ގިނަ ލަންކާ ސިފައިންނާއި ޖިންސީ ގުޅުން ހިންގާފައި ކަމަށެވެ. އަދި އެކަމުގެ އަގެއްގެ ގޮތުން ކުކީސް އާއި މަދު ޑޮލަރުކޮޅެއް ލިބޭ ކަމަށެވެ. ހައިޓީގެ ގިނަ އަންހެން ކުދިންވެސް ވަނީ މިފަދަ މައުލުމާތުތަކެއް ހާމަކޮށްފައެވެ.

ހައިޓީއަކީ ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާ ޤައުމަކަށްވާތީ އދގެ ސުލްޙަ ބަލަހައްޓާ ފައުޖުތަކުން ގެންދަނީ އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ. މިފަދަ މައްސަލަތައް ފެންމަތިވުމުން ބައެއް ސިފައިން އަނބުރާ ފޮނުވައިލި ނަމަވެސް އަދި މިހައިތަނަށް އެއްވެސް މީހަކަށް އަދަބެއް ދިންކަން އެނގިފައެއް ނުވެއެވެ.
މިއަދު އޮންލައިން