ފްލައިޓަކުން އެއްލައިލި މީހެއް ހޮސްޕިޓަލެއްގެ މައްޗަށް ވެށްޓިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ފްލައިޓަކުން އެއްލައިލި މީހެއް ހޮސްޕިޓަލެއްގެ މައްޗަށް ވެށްޓިއްޖެ
ތިރިން ދަތުރުކުރަމުން ދިއަ ފްލައިޓަކުން އެއްލައިލި މީހެއް ހޮސްޕިޓަލެއްގެ "ރޫފްޓޮޕަށް" ވެށްޓިއްޖެއެވެ.

ބުދަ ދުވަހު ހެނދުނު ހިނގި މިހާދިސާ ހިންގާފައިވަނީ މެކްސިކޯގެ ސިނަލޯއާ ސްޓޭޓްގައެވެ. ހަމަ އެވަގުތު އެ ސަރަހައްދާ ތަންކޮޅެއް ދުރުންވެސް ހަމަ އެފްލައިޓުން އެއްލައިލިކަމަށް ބެލެވޭ 2 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިކަންތައް ކުރީ ޑްރަގް ގޭންގަކުންނެވެ. އެހެންކަމުން ކަމާއިބެހޭ ފަރާތްތަކުންވެސް ޖެހިލުންވާތީ އިތުރު ތަފްޞިލު ދިނުމަށް ޖެހިލުންވެފައިވާތީ ހޮސްޕިޓަލުގެ ފުރާޅަށް ވައްޓައިލި މީހާ މަރުވެފައިވާކަން ނުވަތަ ނޫންކަން އަދި ވަނީ ނުއެނގިފައެވެ.

މިކަން ހިނގާފައިމިވާ ސަރަހައްދަކީ މިދިއަ އަހަރު ފުލުހުން އަތުލައިގަންނަންދެން ޑްރަގްކިންގއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ޗަޕޯ ނިޞްބަތްވާ ސަރަހައްދެވެ. އަތުލައިގަތުމަށްފަހު އިތުރު ތަޙްޤީޤަށް މިއަހަރުގެ ކުރީކޮޅު އޭނާ ވަނީ އެމެރިކާއަށް ބަދަލުކޮށްފައެވެ.
މިއަދު އޮންލައިން