މައިމީހާ އާ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން ދޮޅު ގަޑިއިރު އަތް ގުޑުވާ ނުލައި ހުރި ފޫޅުމާގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
މައިމީހާ އާ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން ދޮޅު ގަޑިއިރު އަތް ގުޑުވާ ނުލައި ހުރި ފޫޅުމާގެ ވާހަކަ
ފޫޅުމައިންނަކީ އަބަދުވެސް ޚާއްޞަ ޙާލަތުތަކާއި ކުރިމަތިލާންޖެހޭ ބައެކެވެ. އަދި ކާމިޔާބުވެސް ހޯދާ ހިތްވަރުގަދަ ބައެކެވެ. .

ސުއީ އަކީ ނިޔުޒީލަންޑްގެ ކުޑަ ރަށެއްގައި ފޫޅުމާކަންކުރާ އަންހެނެކެވެ. ކޮންމެ ވަގުތަކު އޭނާގެ ޚިދުމަތަށް އެދުނު ނަމަވެސް އެއްވެސް ފޫހިކަމެއް ނެތި ޚިދުމަތްދޭ ފޫޅުމައެކެވެ.

ސުއީއަސް ލިބުނު ފޯންކާލަކާއި ގުޅިގެން ގެއަކަށް ދިއަ އިރު ކަމަކުދާކަށް ނެތެވެ. ފެން ދުލި ވަނީ ފެޅިފައެވެ. އަދި ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ފޫޅުދަނޑިން ބައެއް ވަނީ ނުކުމެފައެވެ.

ސުއީ ވަރަށް ބޮޑަށް ވިސްނައިލުމަށްފަހު ތަނުގައި އަތް އެޅިއެވެ. އަދި އިތުރަށް ފޫޅުދަނޑި ނުގުޑާނެ ގޮތްގޮތަށް އަތް ބެހެއްޓިއެވެ. ގުޑައިފިނަމަ ދެމައިންގެ ފުރާނައަށް ގެއްލުމެއް ލިބިދާނެތީއެވެ. ސުއީ އަންހެން މީހާގެ ކިބައިން އެދުނީ އެންމެ ކަމަކުއެވެ. އޭނާއަކީ އަޅުވެރިއެއް ނަމަ ދުޢާކުރުމަށެވެ.

ހާލަތު ނުރައްކާތެރިވުމުން ހެލިކޮޕްޓަރު އެމްބިޔުލޭންސެއް ގެނެސްގެން ހޮސްޕިޓަލަކާއި ހަމައަށް ގެންދެވުނީ ދޮޅުގަޑިއިރުންނެވެ. ހޮސްޕިޓަލަށް ގެންދިއުމަށްފަހު ޑޮކްޓަރުން ހަވާލުވުމުން ސުއީ އަޅައިގެންހުރި އަތް ނައްޓައިލީ ތަޖުރިބާކާރު ޑޮކްޓަރުން އެކަމާއި ހަވާލުވުމުންނެވެ. ދޮޅުގަޑިއިރަށްފަހުއެވެ.

ވިއްސައި ހުރިހައިކަމެއް ނިމުމުން ޑޮކްޓަރުންގެ ޓީމުން ބުނީ ސުއީގެ ވިސްނުމަށާއި ތަޖުރިބާއަށް މަރުހަބާކިޔާ ކަމަށެވެ. ކިރިޔާ ގުޑިލުމުގެ ފުރުޞަތު ލިބުނު ނަމަވެސް ދެމައިންގެ ފުރާނަ ނުރައްކަލަށް ދިއުމުގެ ފުރުޞަތު ވަރަށް ބޮޑު ކަމަށެވެ.

ފޫޅުމައިންގެ އިޚްލާޞްތެރި ޚިދުމަތަކީ މުޅި ދުނިޔޭގައިވެސް އެންމެ ފާހަގކުރަންޖެހޭ އެއް ޚިދުމަތްކަމުގައި ވަނީ ފާހަގަކުރެވިފައެވެ.
މިއަދު އޮންލައިން