ޔުނައިޓެޑް އެއާލައިންސް އިން ފަސިންޖަރަކު ބޭލުމުގަ 2 ދަތާ ނޭފަތް ބިންދާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޔުނައިޓެޑް އެއާލައިންސް އިން ފަސިންޖަރަކު ބޭލުމުގަ 2 ދަތާ ނޭފަތް ބިންދާލައިފި
މިދިއަ އާދީއްތަ ދުވަހު އެމެރިކާގެ ޔުނައިޓެޑް އެއާލައިންސް އިން ފަސިންޖަރުން ބޭލިއިރު ގަދަކަމުން ބޭލި ފަސިންޖަރެއްގެ ދެ ދަތާއި ނޭފަތް ބިންދާލާފައިވާ ކަމަށް ޑޮކްޓަރުން ބުނެފިއެވެ.

އޭނާއަށް އަނިޔާތައް ދީފައިވަނީ ފްލައިޓްގައި ހުރި ސީޓުތަކަށްވުރެ ގިނަ ފަސިންޖަރުން އެރުވުމަށްފަހު ފްލައިޓުން ފައިބަން އެންގުމުން ފައިބަން ދެކޮޅު ހެދުމުން ގަދަކަމުން ބޭލުމުގެތެރޭގައެވެ.

އަނިޔާ ލިބުނު ޑރ. ޑާއޯ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. ނަމަވެސް ދަތާއި ނޭފަތުގެ އޮޕަރޭޝަނަށް އަލުން އެޑްމިޓްވާންޖެހެއެވެ.

އޭނާގެ ދަރިފުޅު ބުނެފައިވަނީ އޭނާގެ ބައްޕައަކީ ޚާއްޞަ ބައްޕައެއް ކަމަށާއި ބައްޕަގެ 5 ދަރިންގެ ލޯބި އެންމެ ފުރިހަމައަށް ލިބިފައިވާ ބައްޕައެއް ކަމަށެވެ. އެހެންކަމުން ބައްޕައަށް އަނިޔާކުރި އެއާ ލައިނާއިމެދު އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން