މެރިދާނެ- ފިލާ ހުރެވޭނެ ކަމަށް ނުމަރާތި: ޝާރުޖާ ފުލުހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
މެރިދާނެ- ފިލާ ހުރެވޭނެ ކަމަށް ނުމަރާތި: ޝާރުޖާ ފުލުހުން
މީހަކު މެރިދާނެ ކަމަށާއި ނަމަވެސް މެރުމަށްފަހު ފިލައި ހުރެވޭނެކަމަށް ބަލައިގެން އެފަދަ ކަމެއް ނުކުރުުމަށް ޝާރުޖާ ފުލުހުން ބުނެފިއެވެ.

ފުލުހުން މިމޭރުމުން ބުނީ ހަށިގަނޑުގެ ގިނަ ތަންތަނަކަށް ވަޅި ހަރާފައި އޮތް އަންހެނަކު މަގުމަތިން ފެނުމާއި ގުޅިގެން އެކަންކުރި މީހާ ހޯދުމަށްފަހުގައެވެ.

ޝާރުޖާގެ މޭސަލޫން ސަރަހައްދުގެ މަގުމަތިން އަންހެން މީހާ ފެނުނުއިރު އަދި މަރެއް ނުވެއެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނުތާ މާގިނަ އިރެއް ނުވެ އޭނާ ވަނީ މަރުވެފައެވެ. އޭނާ ފެނުނުތާ 8 ގަޑިއިރުގެ ތެރޭގައި އެކަންކުރި މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ ތަޙްޤީޤް ދަނީ ކުރިއަށް ކަމަށާއި މަރާލި ސަބަބު އަދި ޔަޤީން ނުކުރެވޭ ކަމަށެވެ.

މިއަދު އޮންލައިން