މައިލޯ އިންޓަރ ސްކޫލު ފުޓުބޯޅަ މުބާރާތުގެ 17 އަހަރުންދަށުގެ ޗެމްޕިއަންކަން މަޖީދިއްޔާ ހޯދައިފިއެވެ.
މަޖީދިއްޔާއިން ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސުކޫލާއި ބައްދަލުކުރި ފައިނަލު މެޗު 4-2 ލަނޑުން ކާމިޔާބުކޮށްގެންނެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގައި މަޖީދިއްޔާގެލަނޑުތައް ޖަހައިދިނީ ތިން ލަނޑު ޖެހިއަހުމަދު އަފުސަމް އާއި މުހައްމަދު އަނަމް އެވެ.އިސްކަންދަރު ސުކޫލުގެ ލަނޑުތައް އެޓީމަށް ޖަހާދިނީ އަހުމަދު އައިހަމް ސަޢީދު އާއި މުހައްމަދު ސައިސް މޫސާ އެވެ.
މަޖީދިއްޔާގެ އަފުސަމްގެ ހެޓްރިކާއެކު 11 ލަނޑު ޖަހައިގެން އޭނާއަށް ވަނީ މިމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ލިބިފައެވެ.
މިމުބާރާތުގެ 16 އަހަރުން ދަށުގެ އެންމެ މޮޅު 11 ކުޅުންތެރިންނަކީ އިސްކަންދަރު ސްކޫލުގެ ގޯލް ކީޕަރ އަދުހަމް ހަސަން އާއި އިބްރާހީމް އިމްރާން އާއި ޒަޔާން ނަސީރު އާއި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ އާލިމް އަބުދުއްލަތީފް އާއި މަޖީދިއްޔާ ސްކޫލުގެ އިބްރާހީމް ސަވީ އާއި އަހުމަދު އަފްސަމް އާއި އިސްމާއީލް މިމްރާހު މުއީން އާއި ދަރުމަވަންތަ ސްކޫލުގެ އަހުމަދު ސާއިހް އާއި އަހުމަދު ސަމާހު އާއި އިމާދުއްދީން ސްކޫލުގެ އަހުމަދު ރައިޝަމް ހުސައިން އާއިއިބްރާހީމް އަނޫފް އެވެ.