އެމެރިކާއިން އައިއެސްއަށް މަންމަ ބޮން އެޅުމުން އިރާޤްގެ މޯސުލްގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިން ކެމިކަލް ހަތިޔާރު ބޭނުންކުރަން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އައިއެސް އިން ރޭ ވަނީ ކްލޮރިން ބޮމުން ހަމަލާދީފައެވެ. އަދި ހަމަލާ ދީފައިވަނީ އައިއެސްްގެ ބާރު އެކުގައި ކެނގެން ދަނީކަމަށް ބެލެވޭ މޯސަލްގެ ސަރަހައްދެއްގައެވެ.
މި ހަމަލާ އާއި ގުޅިގެން ގިނަ ބައަކަށް ނޭވާލާން އުނދަގޫވެ ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އައިއެސްގެ ހަނގުރާމަވެރިން ރޭ ވަނީ ރޮކެޓުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.