އެމެރިކާގަ އަންހެން ކުދިން ޚިޠާންކޮށްދެމުންދިއަ އިންޑިއާ ޑޮކްޓަރަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އެމެރިކާގަ އަންހެން ކުދިން ޚިޠާންކޮށްދެމުންދިއަ އިންޑިއާ ޑޮކްޓަރަކު ހައްޔަރުކޮށްފި
އެމެރިކާގައި މުސްލިމް އަންހެންކުދިން ޚިޠާނުކޮށްދެމުން ގެންދިއަ އިންޑިއާގެ އަންހެން ޑޮކްޓަރަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 44 އަހަރުގެ ޖުމައިނާ ވަނީ ގިނަ އަދަދެއްގެ މައިން ބަފައިން އެދުމުން އެމީހުންގެ އަންހެން ދަރިން ޚިޠާނުކޮށްދީފައެވެ. އަންހެން ކުދިން ޚިޠާނުކުރުމަށް ކުރާ ކަމަކީ ތިނޯހެއް ފަދަ ހިމައެއްޗެއްގެ ބޭނުންކޮށްގެން ލޭތިއްކެއް ނެރުމެވެ.

އެމެރިކާގެ ޤާނޫނު ބުނާގޮތުން އަންހެން ކުދިން ޚިތާނުކުރުމާއި ކޮށްދިނުމަކީ މަނާކަމެކެވެ. އެހެންކަމުން އެކުދިންގެ މައިން ބަަފައިންވެސް މިކަމުގައި ކުށްވެރިވާނެއެވެ.

ޖުމައިނާ ޚިޠާނުކޮށްދިނީ އުމުރުން 6 އަހަރާއި 9 އަަހރާއި ދެމެދުގެ ކުދިންނެވެ.

އަންހެން ކުދިން ޚިތާނުކުރުމަކީ ރާއްޖޭގައިވެސް ކުރަމުން އައި ކަމެކެވެ. ނަމަވެސް އެކަން ކޮށް އުޅުނީ ވަރަށް ތުއްތު އުމުރުގައެވެ. އެކަންކޮށްދިނީ ފޫޅުމައިންނެވެ.
މިއަދު އޮންލައިން