އެމެރިކާގެ އަތްދަށުން ކުވައިތުގެ 12 މީހުން ސަލާމަތްކުރަން ވަކީލުންނަށް ކުވައިތުން 34 މިލިއަން ޑޮލަރު ޚަރަދުކުރި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އެމެރިކާގެ އަތްދަށުން ކުވައިތުގެ 12 މީހުން ސަލާމަތްކުރަން ވަކީލުންނަށް ކުވައިތުން 34 މިލިއަން ޑޮލަރު ޚަރަދުކުރި
އެމެރިކާއިން އަތުލައިގަނެ ގުއަންޓަނަމޯބޭ ޖަލުގައި ބަންދުކުރި ކުވައިތުގެ 12 މީހުން އެޖަލުން ސަލާމަތްކުރުމަށްޓަކައި ޤާނޫނީ ވަކީލުންނަށް 34 މިލިއަން ޑޮލަރު ކުވައިތުން ޚަރަދުކުރިކަން ހާމަވެއްޖެއެވެ.

އެނޫހުން ބުނެފައިވަނީ ކުވައިތުން މިޚަރަދުކުރީ އެމެރިކާއިން ރަހީނުކުރި ކުވައިތުގެ 12 މީހުންނަކީ އެމެރިކާއިން ތުހުމަތުކުރި ފަދަ ކުށެއްކުރި ބައެއް ނޫންކަމަށްވާތީ ކަމަށެވެ.

އެނޫހުން ބުނެފައިވަނީ ބައެއް ކުށްވެރިންނަށް 7 މިލިއަން ޑޮލަރު ޚަރަދުވެފައިވާއިރު ބައެއް ކުށްވެރިންނަށް ޚަރަދުވެފައިވަނީ 700،000 ޑޮލަރު ކަމަށެވެ. ނަމަވެސް މި ޚަރަދުތައް ކުރީ ކޮން ލޯފާމްތަކަކަށްކަން ހާމަކޮށްފައެއް ނުވެވެ.

ގުއަންޓަނަމޯބޭ ޖަލުގައި ބަންދުކުރި ކުވައިތުގެ ރައްޔިތުންގެ ތެރެއިން އެންމެފަހު މީހާ ސަލާމަތްވީ މިދިއަ އަހަރުއެވެ. ކުވައިތުގެ އެއްވެސް ރައްޔިތެއްގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައެއް ނުވެއެވެ.

އެނޫހުގައި ބުނެފައިވަނީ ކުވައިތުގެ ސަރުކާރުން މި ޚަރަދުކުރީ ޤައުމުގެ ރައްޔިތުން ސަލާމަތްކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތަކަށްވާތީ ކަމަށެވެ.
މިއަދު އޮންލައިން