ދެވަނަ ޑިވިޜަންގެ ފުރަތަމަ މެޗު މަހިބަދޫ އިން ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 11ސ
ދެވަނަ ޑިވިޜަންގެ ފުރަތަމަ މެޗު މަހިބަދޫ އިން ކާމިޔާބުކޮށްފި
އެފްއޭއެމްގެ އެއްނަމްބަރ ޓާރފް ދަނޑުގައި އިއްޔެ ފެށި ދެވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު މަހިބަދޫ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ.

އެ ޓީމުން މި މެޗު ކާމިޔާބުކުރީ ސްޕޯޓްސް ކްލަބު މެކާނޯ އާއި ބައްދަލުކޮށް ފޯރިގަދަ ކުޅުމަކަށްފަހު، 2-0 ލަނޑުންނެވެ.

2015 ވަނަ އަހަރުގެ ފުރަތަމަ ޑިވިޜަންގައިވެސް ވާދަކޮށްފައިވާ މަހިބަދޫ އިން މި މެޗުގައި ލަނޑުތައް ޖަހާފައިވަނީ އިސްމާއީލް ނަޒީރާއި މިދިޔަ ސީޒަންގައި ނިއުއަށް ކުޅުނު އިއްޒަތު ޢަބްދުލް ބާރީއެވެ.

މިއަހަރު ދެވަނަ ޑިވިޝަންގައި 10 ޓީމުން ބައިވެރިވި ނަމަވެސް، މުބާރާތް ފެށުމުގެ ކުރީން ކްބަލް ވިޔަންސާ ވަނީ މުބާރާތުން ވަކިވެފައެވެ. އެހެންކަމުން މިފަހަރުގެ މުބާރާތުގައި ވާދަކުރާ 9 ޓީމަކީ މަހިބަދޫ ސްޕޯޓްސް ކްލަބް، ސްޕޯޓްސް ކްލަބް މެކާނޯ، ޖޭޖޭ ސްޕޯޓްސް ކްލަބް، ދަ ގްރޭންޑް އަމިގޯސް ނިއުޖެނަރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް)، ކުޑަ ހެންވޭރު ޔުނައިޓެޑް، ބީޖީ ސްޕޯޓްސް ކްލަބް، ކްލަބް ޕީކޭ، ކްލަބް ޒެފްރޯލް އަދި ވީކޭ ސްޕޯޓްސް ކްލަބެވެ.

މި މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ޖޭޖޭ ސްޕޯޓް އާއި ދަ ގޭންގް އެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައި ޓާރފް އެއްނަމްބަރު ދަނޑުގައެވެ.

މިއަދު އޮންލައިން