އިޤްޠިޞާދު ކިޔަވައިދިނުމުގައި އެމެރިކާ އާއި އީޔޫގެ ޔުނިވަރސިޓީތައް ފަހަތަށް ޖައްސައި ޗައިނާ އާއި އިންޑިއާ އަދި ރަސިއާ އިން ކުރި ހޯދައިފިއެވެ.
އިޤްޠިޞާދު ކިޔަވައިދިނުމުގައި އެންމެ ކުރިއަރާފައިވާ 300 ޔުނިވަރސިޓީ ލިސްޓުކޮށްފައިވާއިރު ޗައިނާގެ 52 ޔުނިވަރސިޓީއަކުން ލިސްޓުން ޖާގަ ހޯދައިފައެވެ. އިންޑިއާގެ 15 ޔުނިވަރސިޓީއަކުން ވަނީ ކުރިއަށްވުރެވެސް މަތިން ޖާގަ ހޯދައިފައެވެ.
ކިޔަވަން އެންމެ މޮޅު 22 ޔުނިިވަރސިޓީގެ ލިސްޓުން 1 ވަނަ އަދި 2 ވަނަ ވެސް ހޯދާފައިވަނީ ޗައިނާއިންނެވެ. ލިސްޓުން 3 ވަނަ ތައިވާނުން ހޯދާފައިވާއިރު ޓައިވާންގެ ޔުނިވަރސިޓީތަކުންވެސް ވަނީ ޖާގަ ހޯދާފައެވެ.