ފްލައިޓެއް ހައިޖެކްކޮށްފފާނެ ކަމުގެ ބިރަށް އިންޑިއާގެ މައި 3 އެއާޕޯޓެއް ކުއްލި ހާލަތަށް ގެނެސްފިއެވެ. އެގޮތުން މިއަދު ކުއްލި ހާލަތަށް ގެންގޮސްފައިވަނީ މުމްބާއީ އެއާޕޯޓާއި ހައިދަރުއާބާދު އެއާޕޯޓާއި އަދި ޗެންނާއީ އެއާޕޯޓެވެ.
މި 3 އެއާޕޯޓް ކުއްލި ޙާލަތަށް ގެންދިއައީ ފްލައިޓެއް ހައިޖެކްކުރުމާއިބެހޭ ގޮތުން 6 ޒުވާނަކު ކުރި މަޝްވަރާގެ އަޑު އިވުނު އަންހެނަކު އެކަމުގެ މައުލޫމާތު ފުލުހުންނާއި ޙިއްޞާ ކުރުމުންނެވެ.
އޭނާ ދިން މައުލޫމާތާއި ގުޅިގެން ފުލުހުންނާއި ކަމާއިބެހޭ ފަރާތްތަކުގެ މެދުގައި ކުރި މަޝްވަރާތަކުގައި އެއްބަސްވެފައިވަނީ ކުރިން ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތާއި އޭނާ ދިން މައުލޫމާތާއި ގުޅުންތަކެއް އެބަހުރި ކަމަށެވެ.
ސަލާމަތީ ފިޔަވަޅުތައް އެޅުމަށްފަހު ސަލާމަތާއި ރައްކައުތެރިކަމަށް ބޭނުން ކުރެވޭނެ ހުރިހާ ވަސީލަތްތަކެއްވެސް އެއާޕޯޓުތަކުގައި ގެންދަނީ ބޭނުންކުރަމުންނެވެ.