ސައުނާއަކުން ފެންވަރަން އުޅުނު ދެމައިން އެކުގައި މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ސައުނާއަކުން ފެންވަރަން އުޅުނު ދެމައިން އެކުގައި މަރުވެއްޖެ
ސައުނާއަކުން ފެންވަރަށް އުޅުނު ދެމައިން އެކުގައި މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން ރަހްމަތްތެރިއެއްގެ ގެއަށް ގޮސް އުޅުމުގެތެރޭގައި 65 އަހަރުގެ މަންމަ އާއި 45 އަހަރުގެ ދަރިފުޅު ސައުނާއަށް ފެންވަރަން ވަނީ އެކުގައެވެ. ފެންވަރައި ނިމިގެން ނުކުންނަން ދޮރުފަތުގެ އަތްގަނޑުގައި ހިފިތަނާ އަތްގަނޑު އަތަށް އައިސް ދޮރުފަތް ހުޅުވޭގޮތް ނުވެ ދެމައިން އެތެރޭގައި ތާށިވީއެވެ.

ދެމައިން ލަސްވެގެން ގޭގެވެރިފަރާތުން ބަލައިލަންދިއައިރު ދެމައިން ތިބީ މަރުވެފައެވެ. މަރުވަން ދިމާވި ސަބަބު އެނގުނީ ދޮރުހުޅުވަން މަސައްކަތްކުރުމުންނެވެ.

މިފަދަ ހާލަތްތަކުން ސަލާމަތްވުމަށްޓަކައި ކަމެއް ދިމާވެއްޖެނަމަ އިމަރޖެންސީ ރަނގަބީލު ޖެހޭނެ ގޮތް މިހާރު ހެދެއެވެ. ރާއްޖޭގައިވެސް މިހާރަކަށް އައިސް ސައުނާތައް ހަދަމުންދާއިރު މިފަދަ ހާދިސާއަކުން ސަލާމަތްވެވޭނެ ގޮތްތަކަށް ވިސްނުން މުހިންމުކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން