އިޒްރޭލުގެ ބެލުމުގެދަށުގައިވާ ފަލަސްޠީނު މީހުންގެ ހަށިތަކުގެތެރެއިން 100 ހަށިގަނޑު ގެއްލިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އިޒްރޭލުގެ ބެލުމުގެދަށުގައިވާ ފަލަސްޠީނު މީހުންގެ ހަށިތަކުގެތެރެއިން 100 ހަށިގަނޑު ގެއްލިއްޖެ
އިޒްރޭލުގެ ބެލުމުގެދަށުގައިވާ ފަލަސްޠީނު މީހުންގެ ހަށިތަކުގެތެރެއިން 100 އަށްވުރެ ގިނަ ހަށިގަނޑު ގެއްލިފައިވާ ކަމަށް އިޒްރޭލުން އެއްބަސްވެއްޖެއެވެ.

އިޒްރޭލުން މިކަމަށް އެއްބަސްވީ ޝަހީދުވެފައިވާ ގިނަ އަދަދެއްގެ ފަލަސްޠީނު މީހުންގެ ހަށިގަނޑުތައް ނުދީ ފަލަސްޠީނުގެ ފަރާތުން ތަފާތު ޖަމިއްޔާތަކަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން ޖަވާބުދާރީވާން އިޒްރޭލަށް މަޖުބޫރުވުމުންނެވެ.

ދުނިޔޭގެ ޕްރެޝަރަށް އިޖާބަދިނުމުގެ ގޮތުން އިޒްރޭލުގެ ކޯޓަކުން ވަނީ 4 މަސްދުވަހުގެތެރޭގައި މައްސަލައަށް ޖަވާބުދާރީވެ ތަފްޞީލު ދިނުމަށް އިޒްރޭލް ސަރުކާރަށް އަމުރުކޮށްފައެވެ.

އިޒްރޭލުގެ ޖަސްޓިސް މިނިސްޓްރީގެ އޮފިޝަލަކު ބުނީ މި ހަށިގަނޑުތަކަކީ 2000 ވަނަ އަހަރާއި 2004 ވަނަ އަހަރާއި ދެމެދު ޝަހީދުވެފައިވާ މީހުންގެ ހަށިތައް ކަމަށެވެ. އަދި ކުންފުނިތައް ބަނގުރޫޓުވާ އުޞޫލުން މި ހަށިގަނޑުތައްވެސް ބަނގުރޫޓުވީކަމަށް ބެލުން ނޫން ގޮތެއް މިހާރު ނެތް ކަމަށެވެ.

ޝަހީދުވާ ފަލަސްޠީނު މީހުންގެ ހަށިތައް އިޒްރޭލުން ނުދީ ހިފަހައްޓަނީ ޢާއިލާތައް އިތުރަށް ހިތްދަތިކޮށް ރުޅިގަދަކުރުމަށެވެ. މިފަދަ ކަންކަމަކީ އިންސާނީ ބޮޑެތި ޖަރީމާތައް ނަމަވެސް އިޒްރޭލުން އެކަންކަމަކަށް ނުބަލައެވެ.
މިއަދު އޮންލައިން