މެންޗެސްޓަރ ޔުނައިޓެޑުން ޗެލްސީގެ މައްޗަށް ކުރި ހޯދައިފި
އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީރޭ ބައްދަލުކުރި މެޗު މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
މި މެޗު މެންޔޫ އިން ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. ރޭގެ މެޗަށް ފަހު، ލީގުގެ ގަދަ ހަތަރެއްގައި މިވަގުތު އޮތް ޓީމުތަކަށް ބާކީ އޮތީ 6 މެޗެވެ.
އެއްވަނައިގައި އޮތް ޗެލްސީއާ ދެވަނައިގާ އޮތް ޓޮޓެންހަމްއާދެމެދު 4 ޕޮއިންޓުގެ ފަރަގު އޮތް އިރު، ޓޮޓެންހަމް ޗެލްސީއަށް ވުރެ އިތުރަށް ފައިދާ 10 ގޯލް އޮތުމުން އިތުރަށްފުރުޞަތު ފުޅާވެއެވެ.
މިސީޒަންގެލީގުގައި މެންޗެސްޓަރ ޔުނައިޓެޑް އެންމެ ފުރަތަމަ ޗެލްސީއާ ވާދަކުރިމެޗުންޗެލްސީ ވަނީ 2-0 ލަނޑުން މޮޅުވެފައެވެ.