މެޗަށް ވާންޖެހޭ ފުރިހަމަ ތައްޔާރީ ނުވުމުގެ ޒިންމާ ނަގަން: ކޮންޓޭ
މެޗަކަށް ވާންޖެހޭ ފުރިހަމަ ތައްޔާރީ ނުވުމުގެ ފުރިހަމަ ޒިންމާ ނަގާކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ.
ކޮންޓޭ ބުނީ މިއީ މެންޗެސްޓަރ ޔުނައިޓެޑް މޮޅުވުން ޙައްޤު މެޗެއް ކަމަށާއި މެޗަކުން މޮޅުވާން ބޭނުންވާ ހިތްވަރާއި އަޒުމާ އެއްބާރުލުން އެޓީމުގެ ފަރާތުން ފެނިފައިވާ ކަމަށެވެ. އަދި މިފަދަ މެޗަކަށް ފުރިހަމައަށް ތައްޔާރު ނުވުމަކީ ކޯޗުގެ މައްސަލައެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މެންޔޫގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ ޗެލްސީއަކީ ކައުންޓަރ އެޓޭކުގައި ލަނޑުޖެހުމަށް މުޅި އިންގްލޭންޑަށް ބެލި ނަމަވެސް އެންމެ މޮޅު ކްލަބު ކަމަށާއިރޭގެ މެޗުގައި އެޓީމުގެ ފުރަތަމަ 11ގައި ތިބީ އެފްއޭކަޕުން ޔުނައިޓެޑް ބޭރުކޮށްލި ޓީމުގައި ތިބި ފުރަތަމަ 11 ކަމަށެވެ.
މީގެ އިތުރުން ޗެލްސީ ބަލިކުރެވުނޭ ކިޔާފައި އޭނާއަށް އިތުރު ހިތްހަމަ ޖެހުމެއް ނުލިބޭ ކަމަށާއި ނަމަވެސްލީގުގެ ލީޑަރު ބަލިކުރެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މޮރީނިއޯ ބުންޏެވެ.