އިރާނުން ގޭސް ނަގަން އިތުުރު 5 ފިޔަވައްސެއް އިފްތިތާޙްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އިރާނުން ގޭސް ނަގަން އިތުުރު 5 ފިޔަވައްސެއް އިފްތިތާޙްކޮށްފި

އީރާނުން ގޭސް ނެގުން އިތުރުކުރަން ކުރަމުން ގެންދާ މަސައްކަތްތަކުގެތެރެއިން ގޭސް ނެގުމުގެ އިތުރު 5 ފިޔަވައްސެއް އިއްޔެ އިފްތިތާޙްކޮށްފިއެވެ.

20 ބިލިއަން ޑޮަލަރު އިންވެސްޓްކޮށްގެން ކަނޑުގެ އަޑިން ގޭސް ނެގުމަށް ކުރިއަށް ގެންދާ މި މަޝްރޫއުތައް އިފްތިތާޙްކޮށްދެއްވުމަށްފަހު އީރާނުގެ ރައީސް ޙަސަން ރޫހާނީ ވިދާޅުވީ މި މަޝްރުއުތަކުގެ ސަބަބުން އީރާނުގެ ގޭހުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އީރާނަކީ މިހާރުވެސް ދުވާލަކު 885 މިލިއަން ކިޔުބިކް މީޓަރުގެ ގޭސް އުފައްދަމުން ގެންދާ ޤައުމެކެވެ.

އީރާނާއިމެދު އަހަރުތަކެއްވަންދެން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވުމުން ލިބުނު އިޤްޠިޞާދީ ގެއްލުންތައް ފޫބެއްދުމަށް އީރާނުން ގެންދަނީ ތެލާއި ގޭސް އުފެއްދުން އިތުރުކުރަމުންނެވެ.
މިއަދު އޮންލައިން