އެމެރިކާގެ އެޓްލާންޓާގައި އެނބުރޭ ރެސްޓޯރަންޓަކަށް އެރިލޮޅުމެއްގައި ދެމޭޒުދޭތެރޭގައި ބޯތާށިވެ 5 އަަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.
ވެސްޓިން ޕީޗްޓްރީ ޕްލާޒާ ހޮޓަލުގައި ހުންނަ ސަންޑުއަލް ރެސްޓޯރަންޓަކީ ހޮޓާ ހުންނަ ޓަވަރުގައި އެނބުރޭ ގޮތަށް ހަދާފައި ހުންނަ ރެސްޓޯރަންޓެކެވެ.
ހިތްގައިމުކަމާއިއެކު ބޭރު ބަލަންތިބެ ކެއުމުގެ އިންތިޒާމު ހަމަޖެހިފައިވާ މިރެސްޓޯރަންޓަކީ މަހުޖަނުން ކާން ގޮސްއުޅޭ ތަނެކެވެ. ކުއްޖާގެ މައިންބަފައިން ބުނީ ކެއުމުގެ ތެރެއިން ދަރިފުޅު އަމިއްލައަށް ހިނގަމުން ދަނިކޮށް އެހާދިސާ ކުރިމަތިވީ ކަމަށެވެ.
މިހާދިސާ އާއި ގުޅިގެން މައްސަލަ ބަލައި ނިމެންދެން ރެސްޓޯރަންޓް ވަނީ ބަންދުކޮށްފައެވެ.