ރަޝް އަވަރ ގެ ސީކުއެލްގައި ޖެކީ ޗޭން އާއެކު ޝާހްރުކް ޚާން

ކިޔުމަށް ހޭދަވާނީ 1މ 40ސ
ރަޝް އަވަރ ގެ ސީކުއެލްގައި ޖެކީ ޗޭން އާއެކު ޝާހްރުކް ޚާން


ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ޝާޙްރުކް ޚާން އަކީ ހުނަރުވެރި މޮޅު އެކްޓަރެއްކަން މުޅި ދުނިޔެވެސް ޤަބޫލު ކުރެއެވެ.

އޭނާގެ އެކްޓިންގގެ ހުނަރު މޮޅުކަން ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ ބްރެޓް ރެޓްނަރ ވެސް ވަނީ ފާހަގަޮށްފައެވެ.

"ރަޝް އަވަރ" ، "އެކްސް-މެން- ދަ ލާސްޓް ސްޓޭންޑް" ފަދަ ސުޕަރހިޓް ފިލްމުތައް ޑައިރެކްޓު ކޮށްފައިވާ ބްރެޓް، މިހާރު ބޭނުންވަނީ "ރަޝް އަވަރ" ސީކުއެލް އުފައްދާށެވެ. އަދި އެފިލްމުގައި ޖެކީ ޗޭން އާއި ކްރިސް ޓަކަރ އާއި އެކު ޝާޙްރުކް ޚާން ގެ ހުނަރުވެރި އެކްޓިންގ ވެސް ދައްކާލުމަށް ބްރެޓް ވަނީ އެދިފައެވެ.

ބްރެޓް ރެޓްނަރ ގެ އެހުށަހެޅުން ޝާޙްރުކް ޤަބޫލު ކުރިނަމަ ވެސް، ޤަބޫލުކުރީ ޝަރުތަކާއި އެކުއެވެ. އެޝަރުތަކީ، އެފިލްމުގެ ޝޫޓިންގ އިންޑިއާގައި ކުރުމަށެވެ. އެކަމަށް އުފަލާއި އެކު ބްރެޓް އެއްބަސްވެފައިވާއިރު، މިހާރުވެސް ގިނަ ބަޔަކު ދަނީ މިފިލްމަށް އިންތިޒާރު ކުރަމުންނެވެ.

އެކްޝަން ފިލްމުތަކާއި ކޮމެޑީ ރޯލު ވަރަށް ފުރިހަމަކަމާއިއެކު ކުޅުމަށް ނަން މަޝްހޫރުވެފައިވާ ޖެކީ ޗޭން އާއި ކްރިސް ޓަކަރ އަދި ޝާޙްރުކް ޚާން، އެއްކޮށް އެއް ފިލްމަކުން ފެނުމަކީ ހަމަ ޔަޤީނުންވެސް ބެލުންތެރިން ވަރަށް އެދޭނެ ކަމެއްކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. އަދި މިތިން މީހުންގެ ފިލްމު އެހާމެ ރީތިވެފައި މުނިފިލާނެކަމާއިމެދު ވެސް އެއްވެސް ޝައްކެއް ނެތެވެ.

މިއީ ހޮލީވުޑްގެ ފިލްމަކުން ޝާހްރުކް ޚާން އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން ހުގް ޖެކްމަން ވަނީ އޭނާގެ ފިލްމު "ވުލްވެރިން" ގެ ލީޑް ރޯލު ކުޅުމަށް ޝާހްރުކް ޚާންގާތު އެދިފައެވެ. ނަމަވެސް އެދުވަސްކޮޅު ހުރި ސިއްޙީ މައްސަލަތަކެއްގެ ސަބަބުން ޝާޙްރުކް ޚާން ވަނީ އެހުށަހެޅުމަށް ޝުކުރު އަދާކުރުމަށްފަހު އެފިލްމު ކުޅެވެން ނެތް ކަމުގެ ހިތާމަވެރި ޚަބަރު ދީފައެވެ.
މިއަދު އޮންލައިން