ޓީއެފްޖީ ލޯންގް ރަންގައި ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވެ ދުވުން ފުރިހަމަކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ޓީއެފްޖީ ލޯންގް ރަންގައި ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވެ ދުވުން ފުރިހަމަކޮށްފި
ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިންތިޒާމްކޮށްގެން ބޭއްވި ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަން 2017 ގައި ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވެ ދުވުން ފުރިހަމަކޮށްފިއެވެ.

މި އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭގައި 800 އެއްހާ ދުވުންތެރިން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މިދުވުމުގައި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ ފުލުހުންނާއެކު ޖުމްލަ 80 އެއްހާ ފުލުހުން ބައިވެރިވެ ދުވުން ފުރިހަމަކޮށްފައިވެއެވެ.އެގޮތުން ފުލް މެރަތަން، ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯ މީޓަރު ދުވުން މިހުރިހާ ކެޓަގަރީއެއްގައިވެސް ފުލުހުން ދުވެފައިވެއެވެ.

މި ދުވުން ކުރިއަށް ދިޔަ ވަގުތު ހުޅުމާލެ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ޓީއެފްޖީ ލޯންގް ރަންގެ ހަރަކާތްތައް ކުރިއަށްދިޔަ ސަރަޙައްދުގައާއި ދުވުމުގައި ބައިވެރިވި ދުވުންތެރިން ދުވަމުން ދިޔައިރު ޓްރެފިކް ބެލެހެއްޓުމުގައާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ހަރަކާތްތެރިވެފައެވެ.
މިއަދު އޮންލައިން