ކުލަބް މޯލްޑިވްސް ކަޕް: މޯލްޑިވްސް މީޑިއާ ކުލަބުގެ މައްޗަށް ޕޮލިސް ކުލަބުން ކުރިހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
ކުލަބް މޯލްޑިވްސް ކަޕް: މޯލްޑިވްސް މީޑިއާ ކުލަބުގެ މައްޗަށް ޕޮލިސް ކުލަބުން ކުރިހޯދައިފި
މިހާރުކުރިއަށްދާ ކުލަބު މޯލްޑިވްސް ކަޕްގައި ޕޮލިސް ކުލަބާއި މޯލްޑިވްސް މީޑިއާ ކުލަބު ވާދަކުރިމެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފިއެވެ.

ރޭ ކުޅުނު މިމެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ޕޮލިސް ކުލަބަށް ލަނޑުތައް ޖަހައިދީފައިވަނީ ޢަލީ ރިޝްވާން އަޙްމަދު އާއި އަޙްމަދު ރިފްޝާން އާއި މޫސާ އަފްރާޙްއެވެ. މިމެޗުގައި މޯލްޑިވްސް މީޑިއާ ކުލަބުން ކާމިޔާބުކުރި ހަމައެކަނި ޖަހައިދީފައިވަނީ ރިމާޙް އަޙްމަދުއެވެ.

ރޭގެ މި މޮޅާއެކު ޕޮލިސް ކުލަބުން ގްރޫޕް އެފްގައި ކުޅުނު ދެ މެޗުން ލިބުނު 4 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނައަށް ޖެހިލާފައެވެ. ޕޮލިސް ކުލަބާއި ޓީމް ފެނަކަށްވެސް 4 ޕޮއިންޓް ލިބިފައިވާއިރު ގޯލް ތަފާތުން އެއްވަނައިގައި އޮތީ ޓީމް ފެނަކައެވެ. މި ގްރޫޕްގެ ތިން ވަނައިގައި އޮތީ ކުޅުނު ދެމެޗުން ލިބުނު 3 ޕޮއިންޓާއެކު މޯލްޑިވްސް މީޑީއާ ކުލަބެވެ. މި ގްރޫޕުގައި ދެން ހިމެނޭ އެޗްޕީއެސްއެން އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކުލަބް މޯލްޑިވްސް ކަޕްގައި ޕޮލިސް ކުޅޭ ތިންވަނަ މެޗުގައި ވާދަކުރާނީ އެޗްޕީއެސްއެން އާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 21 ވާ ހުކުރު ދުވަހުގެ ހަވީރުއެވެ.
މިއަދު އޮންލައިން