މާޒިއާ އިންޑިއާއަށް ފުރައިފި
ރާއްޖޭގެ މާޒިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު އިންޑިއާއަށް މިއަދު ފުރައިފިއެވެ.
މިއީ އޭއެފްސީ ކަޕްގައި އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް އަންނަ ބުދަ ދުވަހު ވާދަ ކުރުމަށް ކުރާ ދަތުރެކެވެ.
މި މުބާރާތުގައި މާޒިއާ މިހާތަނަށް ދެމެޗު ކުޅެފައިވާ އިރު، ބަންގްލަދޭޝްގެ އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ ބަލިވެފައެވެ.
މޯހަން ބަގާންއާ ދެކޮޅަށްމާޒިޔާ ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ އިރުއޮއްސި 18:30 ގައެވެ.
މާޒިޔާ ހިމެނޭ ގުރޫޕްއީގެ ނަތީޖާތަކަށް ބަލާއިރު ބެންގަލޫރު އެފްސީ އޮތީ ކުޅުނު ދެ މެޗުން ވެސްމޮޅުވެ 6 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައެވެ. އަދި މޯހަން ބަގާންދެވަނައިގާ އޮތް އިރު ތިންވަނާގައި އޮތީ މާޒިޔާ އެވެ.