އެމްއޯސީގެ އިންތިޚާބު އަންނަ މެއި މަހު ބާއްވަނީ...
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އިންތިޚާބު އަންނަ މެއި މަހު ބޭއްވުމަށް ނިންމައިފިއެވެ.
އެމްއޯސީ އިން ބުނީ މި އިންތިޚާބު އޮންނާނީ އަންނަ މެއި މަހު 5 ވާ އާދީއްތަ ދުވަހު ކަމަށެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާއިންތިޚާބުގައި ރައީސް، ނައިބް ރައީސް،ސެކްރެޓަރީ ޖެނެރަލް، ޚަޒާންދާރު، އޮލިމްޕިކް ޓީމް ސްޕޯޓްސްއަށް ދެމަޤާމް، އޮލިމްޕިކް އިންޑިވިޖުއަލް ސްޕޯޓްސްއަށް ތިން މަޤާމް، ނޮންއޮލިމްޕިކް ސްޕޯޓްސްއަށް ދެ މަޤާމް އަދި ދެ އަންހެން މެމްބަރުން ހޮވާނެއެވެ.
މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި މމި މަހުގެ 23 ވާ އާދީއްތަ ދުވަހަށް ހަމަވާ އިރު، މަޤާމްތަކަށް ކުރިމަތިލައްވަން ބޭނުންވާފަރާތްތަކުން ނަން ހުށަހަޅަން ޖެހޭނީ ކޮމިޓީގެ މެމްބަރު އެސޯސިއޭޝަނެއްމެދުވެރިކޮށެވެ.