ދުވެ ކަސްރަތު ކުރުމަކީ އެއްގޮތަކަށްވެސް ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫން

ކިޔުމަށް ހޭދަވާނީ 53ސ
ދުވެ ކަސްރަތު ކުރުމަކީ އެއްގޮތަކަށްވެސް ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫން
ދުވެ ކަސްރަތު ކުރުމަކީ ޢާންމު ދިރިއުޅުމުގައި ކުރަން އެންމެ އުނދަގޫ ކަންކަމެވެ. ކިތަންމެ ކުރާހިތްވިޔަސް އެކަމަށް ވަގުތު ދިނުމަކީ ވަރަށް މަދުބަޔަކަށް ނޫނީ ނުވާ ކަމެކެވެ.

އެހެންނަމަވެސް ކަސްރަތުކޮށް ދުވެ ހެދުމަކީ އެއްގޮތަކަށްވެސް ނުކޮށް ދޫކޮށްލާ ވަރުގެ ކަމެއް ނޫނެވެ. މިކަން މިވަނީ ދިރާސާއަކުންވެސް ދައްކާފައެވެ.

ލޮވަ ސްޓޭޓް ޔުނިވަރސިޓީން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވެ ކަސްރަތުކުރާ ކޮންމެ އެއްގަޑި އިރުގެ ސަބަބުން އިތުރު 7 ގަޑި އިރު ދިރިހުރުމުގެ ފުރުޞަތު ބޮޑުވެއެވެ.

ކޮންމެ ދުވަހަކުވެސް 5 ނުވަތަ 10 މިނެޓުގެ ކަސްރަތު ކުރާނަމަ ކުދި ބަލިތަކާއި ކުއްލި މަރުން ސަލާމަތްވުމުގެ އިންސައްތަ އިތުރުވާ ކަމަށްވެސް އެ ދިރާސާއިން ވަނީ ދައްކާފައެވެ.

"އަހަރުމެން މި ބުނަނީ މަރު ނުވާނޭކޭވެސް ނޫން. މަރުވެދާނެ ހަމަ ކޮންމެ ވަގުތަކުވެސް. އެކަމަކު ކޮންމެ ދުވަހަކުވެސް ޢާންމު ދިރިއުޅުމުގައި ދުވެ، ކަސްރަތު ކުރަންޏާ ދުޅަހެޔޮ ސިއްހަތެއްގައި ދިގު އުމުރަކަށް ހުރުމުގެ ފުރުޞަތު ބޮޑު" ލޮވަ ސްޓޭޓް ޔުނިވަރސިޓީގެ ދިރާސާ ޓީމުގައި ހިމެނޭ ލީ ބުނެފައިވެއެވެ.
މިއަދު އޮންލައިން