އެމެރިކާއިން އަފްގާނިސްތާނަށް މަންމަ ބޮން އެޅުމުން ބޯޑަރު ސަރަހައްދުގައި އޮންނަ ޕާކިސްތާނުގެ އަވަށެއްގެ މިސްކިތަކަށާއި ގެތަކަށް އަދި އިމަރާތްތަކަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތުު ލިބިއްޖެއެވެ.
ބައެއް މީހުން ބުނެފައިވަނީ ވީ ކޮންކަމެއްކަން އެމީހުންނަށް ނުއެނގޭ ކަމަށާއި ބާރު އަޑެއްކިޔައި ދޮރުތަކުގެ ބިއްލޫރިތައް ތެޅުނު ކަމަށެވެ. އަދި ބައެއްގޭގޭގެ ފާރުތަކުގައި ރެނދުތައް ވެސް ލާފައި އެބަހުރި ކަމަށެވެ.
އެމީހުން ބުނީ އެމީހުންނަކީ އައިއެސް އާއި އެއްވެސް ގުޅުމެއް ނެތް އެހެން ޤައުމެއްގެ ބައަކަށްވާއިރު އެމެރިކާއިން އެމިޙުންނަށް ދީފައިވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ކަމަށެވެ. ދުނިޔެ އުމުރު މަސައްކަތްކޮށްގެން އެޅި ގެތަކުގައި ރެނދުލައްވައި ގެތައް ހަލާކުކޮށްލީ ކަމަށެވެ.
އެމެރިކާއިން މަންމަ ބޮން އެޅިނަމަވެސް އެކަން އައިއެސްއަށް ވީ ސައިބޯނި ބޮތްކަކަށެވެ. ލިބުނު މާ ބޮޑު ގެއްލުމެއް އޮތްކަމަކަށް ނުވެއެވެ.
މަރުވީވެސް ޖުމުލަ 92 މީހުންނެވެ. އެއިގެތެރޭގައި ހިމެނެނީ އައިއެސްގެ ކިތައް މީހުންކަން އަދިވެސް ޔަޤީނެއް ނުކުރެވެއެވެ.