ދިހަ ކެޓަގަރީއަކުން 136 ކުޅުންތެރިން ވާދަކުރި އައިއޭއެސް މޯލްޑިވިއަން ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި
ދިހަ ކެޓަގަރީއަކުން 136 ކުޅުންތެރިން ވާދަކުރި އައިއޭއެސް މޯލްޑިވިއަން ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފިއެވެ.
މި އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ފެށި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރްތިޝާމް އާދަމްއެވެ.
އެ މުބާރާތުގެ އަންހެން ބައިގެ ސިންގަލްސްގެ ޗެމްޕިއަންކަންއައިމިނަތު މަލީލާ ސޯލިހު ހޯދި އިރު، ފިރިހެންބައިގެސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ ޢަބްދުﷲ ފާއީ ފަޒީލެވެ.
45 އަހަރުން މަތީގެ ސިންގަލްސްގެ އެއްވަނަ، ހަސަން ޝާމް، އަދި މުބާރަތުގެ އޯޕަން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީޢަބްދުﷲ ފާއީފަޒީލާއި ހުސެން ރަބީއުގެ ޕެއާރއެވެ. އަންހެން ބައިގެ އޯޕަން ޑަބަލްސްގެޗެމްޕިއަންކަން ހޯދާފައިވަނީ އައިމިނަތު މަލީލާ ސޯލިހުއާ އަޔާނީ މޫސާކަލީމްގެ ޕެއާރއެވެ.
މުބާރާތާއި ބެހޭގޮތުން މެއިންސްޕޯންސަރ މޯލްޑިވިއަންއިން ބުނީ އަލަށް ބޭއްވި މިއީ ވަރަށް ކާމިޔާބު މުބާރާތެއް ކަމަށާއި ހުނަރުވެރި ކުޅުންތެރިންތަކެއް ފެނިގެންދިޔަ ކަމަށެވެ. އަދި ކުރިއަށް އޮތް މުބާރާތްވެސް މިއަށް ވުރެފޯރިގަދަވެގެންދާނެ ކަމަށް އުއްމީދު ކުރާކަމަށްވެސް ބުންޏެވެ.
ޓެނިސް އެސޯސިއޭޝަނުން ބުނީކުންފުންޏަކުން އިސްނަގައިގެން މިފަދަ މުބާރާތެއް އިންތިޒާމް ކުރުމަކީޓެނިހަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ފެނިގެން ދިޔަކަމީ ރާއްޖޭގައި ޓެނިސްކުޅުންތެރިން ކުރިއަރަމުން އަންނަކަމުގެ ހެއްކެއް ކަމަށެވެ.
ކުރިއަށްއޮތްތިން އަހަރުވެސް އައިއޭއެސްއާ ގުޅިގެން މި މުބާރާތް ބޭއްވުމަށްވަނީ ނިންމާފައެވެ.