މަށަކީ މަދަރޓެރަަސާ އެއް ނޫން- ސޫކީ، ދެން ކަލޭ ތީ ކާކު؟
އިންސާނީ ހައްޤުތަކާ ޑިމޮކްރަސީގެ ތާޖު ބޮލަށް ފޮތަށް ފައްތައިގެން ވެރިކަމަށް އައި މިޔަންމާގެ ސޫކީ މިދިއަހަފްތާގައި ބީބީސީއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ އޭނާއަކީ މަދަރ ޓެރަސާ ނޫން ކަމަށެވެ.
ސޫކީ އެބުނާ ބަަހަކީ އޭނާއަކީ އިންސާނިއްޔަތުކަމުގެ ކުނޑފަށެއްވެސް ނެތް މީހެއް ކަމަށް ވުމަކީ އެންމެ ގާތް ގޮތެވެ. އެހެންކަމަށްވާނަމަ އޭނާއަކީ ކާކުކަން ބުނެދޭން އޭނާއަށް ޖެހޭނެ އެވެ.
ވެރިކަން ބޭނުންވުމުން ކޮންމެ މީހަކު ވެސް ބުނަނީ އޭނާ ވާނީ އިންސާނިއްޔަތަށޗ އެންމެ ބޮޑަށް ޚިދުމަތްކުރާ އަދި އެންމެ އަދުލުވެރިކަމާއިއެކު ވެރިކަން ކުރާ މީހާއަށް ކަމަށެވެ. ވެރިކަން ލިބުމާއިއެކު ކަންކަން ދަނީ މުޅިން ބަދަލުވެގެންނެވެ.
އިންސާނިއްޔަތާ އަދުލުވެރިކަމުގެ ތާޖު ބޮލުގައި އަޅައިގެން ވެރިކަމަށް އައުމަށްފަހު .އެ ތާޖު ބަދަލުކޮށްލަނީ ފައިވާނަކަށެވެ. އެހެންކަމުން ވެރިކަން ކުރަނީ އެކަންކަމަށް ފައިން އަރައިގެން ހުރެއެވެ. ސޫކީ އަކީ ފަހުގެ ތާރީހުގައި ދުނިޔެއިން ފެނުނު އެންމެ ނުބައި ނުލަފާ އަންހެނާކަމަށް މިހާރު މިވަނީ ބަދަލުވެފައެވެ.
ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަކީވެސް ހަމަ އިންސާނުންނެވެ. ދިރިހހުރުމުގެ ހައްޤު އެމީހުންނަށް ވެސް ލިބެންޖެހެއެވެ. ނަމަވެސް ސޫކީގެ ކުރިމަތީގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނަކީ ދިރިހުރުމުގެ ހައްޤު ލިބެންޖެހޭނެ ބައެއް ނޫނެވެ. .
ދިރިހުރުމުގެ ހައްޤު އެކަންޏެއް ނޫނެވެ. ސަލާމަތާއި އިއްފަތްތެރިކަން ހިމާޔަތްކުރުމުގެ ހައްޤުންވެސް އެމީހުން ވަނީ މަރްހޫމްވެފައެވެ. ދިރިތިއްބައި އަލިފާނަށްލައި އަންދަމުން އެނގެންދަނީ ޖަނަވާރުވެސް ނުއަންދާނެ ފަދައިންނެވެ.
ރޮހިންޔާ ދަރިކޮޅުގެ މީސްކޮޅު މަދުނަަމވެސް އެމީހުން ހިމާޔަތްކޮށް އެހީތެރިވުމުގައި ދުނިޔެ ވަނީ ފެއިލްވެފައެވެ. ޚާއްޞަކޮށް މުސްލިމް ޤައުމުތަކެވެ.