ކްލަބު މޯލްޑިވްސް ކަޕުގައި ހައުސިންގ މިނިސްޓްރީ އާއި އެޗްޑީސީ ކުޅުނު މެޗުތައް ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 58ސ
ކްލަބު މޯލްޑިވްސް ކަޕުގައި ހައުސިންގ މިނިސްޓްރީ އާއި އެޗްޑީސީ ކުޅުނު މެޗުތައް ކާމިޔާބުކޮށްފި


ކްލަބު މޯލްޑިވްސް ކަޕުގައި ހައުސިންގ މިނިސްޓްރީ އާއި އެޗްޑީސީ ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

އެގޮތުން ހައުސިންގ މިނިސްޓްރީ މޮޅުވީ މިނިސްޓްރީ އޮފްއެކޮނަމިކް ޑެވެލޮޕްމަންޓާއި ބައްދަލުކުރި މެޗު 5-1 ލަނޑުންނެވެ. ހައުސިންގ މިނިސްޓްރީގެ ކާމިޔާބު ކުރި ލަނޑުތަކުގެ ތެރެއިން އަހްމަދު މައުސޫމްމުހައްމަދު އަދި މުހައްމަދު މައުރޫފް ވަނީ ކޮންމެކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަނެއް ލަނޑު ޖަހައިދިނީ ހައިދަރް އަކްރަމްއެވެ.އެކޮނަމިކް ޑެވެލޮޕްމެންޓުގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިލްވާން މުހައްމަދެވެ.

ހޯމް އެފެއަރޒް އާއި އެޗްޑީސީ ބައްދަލުކުރި މެޗު އެޗްޑީސީން ކާމިޔާބުކުރީ 5-2 ލަނޑުންނެވެ. މި މެޗުގައި ހޯމްއެފެއަރޒުގެ އަހްމަދު އަސްލަމް ލަނޑުޖަހާ ލީޑު ނެގިނަމަވެސް މިނިޓެއް ތެރޭގައި އެޗްޑީސީގެ މުހައްމަދު ސުޖަން ވަނީގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

އެޗްޑީސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސެއިން ރައުޝަން، އަކްރަމް ޢަބްދުލްރަޝީދު، ޔާމީން މުހައްމަދު 2 ގޯލް އެވެ.
ހޯމް އެފެއަރޒުން ކާމިޔާބުކުރި ދެވަނަ ލަނޑު އެޓީމަށްޖަހައިދިނީ މުހައްމަދު ސާއިފެވެ.

މިއަދު އޮންލައިން